މާލެ: 31°C
ބައެއް އިންޑިއާ ސިފައިން ފޮނުވާލައިފި، އިތުރު ބަޔަކު އަންނަ މަހު ފޮނުވާނެ

ބައެއް އިންޑިއާ ސިފައިން ފޮނުވާލައިފި، އިތުރު ބަޔަކު އަންނަ މަހު ފޮނުވާނެ

March 18, 2024
2 ފަހަރު ބަލާފައި
ބައެއް އިންޑިއާ ސިފައިން ފޮނުވާލައިފި، އިތުރު ބަޔަކު އަންނަ މަހު ފޮނުވާނެ
ރާއްޖޭގައި ގާއިމްވެގެން ތިބި ބައެއް އިންޑިއާ ސިފައިން އަނބުރާ އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށާއި އިތުރު ސިފައިން އަންނަ މަހު ފޮނުވާނެކަމަށް ފޮރިން މިނިސްޓަރީއިން ބުނެފިއެވެ. އެ މިނިސްޓްރީ އިން މިކަން ހާމަކުރީ އިންޑިއާއާއި ރާއްޖޭއާ ދެމެދު ކުރިއަށްދާ ސިލްސިލާ ހައި ލެވެލް ކޯ ގުރޫޕުގެ ތިން ވަނަ ބައްދަލުވުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނިގޮތުން، ރާއްޖޭގައި ގާއިމުކޮށްފައިވާ 3 އޭވިއޭޝަން ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. ބަޔާނުގައި ބުނީ އޭވިއޭޝަން ޕްލެޓްފޯމްތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މިހާރު އަނބުރާ ގައުމަށް ގޮސްފައިވާކަމަށެވެ. ފޮރިން މިނިސްޓަރީއިން ބުނީ ބާކީ އޮތް 2 އޭވިއޭޝަން ޕްލެޓްފޯމުތަކުގައި ތިބި އިންޑިއާ ސިފައިން އޭޕްރީލް މަހުގެ 10 ވަނަ ދުވަހާއި މޭ މަހުގެ 10 ވަނަ ދުވަހު އަނބުރާ ގައުމަށް ދިއުމަށް ހަމަޖެހިފައިވާކަމަށެވެ. ހައި ލެވެލް ކޯ ގުރޫޕުގެ ބައްދަލުވުމާ ގުޅޭގޮތުން އެ މިނިސްޓްރީއިން ބުނީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ އިތުރުންވެސް ގިނަ ކަންކަމާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ދެ ގައުމު ގުޅިގެން އިގްތިސާދީ އަދި ތަރައްގީގެ ރޮނގުން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ. މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އަވަސްކަމާއެކު ފަށާ ނިންމުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ބުންޏެވެ. ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ. އަދި ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ