
ބަދަލު ދީގެން ބޮޑުފިނޮޅު އަތުލަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނަން: މައުސޫމް
ބަދަލު ދީގެން ބޮޑުފިނޮޅު އަތުލަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނަން: މައުސޫމް
ލިޔުން:
ދޭންޖެހޭ ބަދަލެއް ދީގެންނަމަވެސް ލ. ބޮޑުފިނޮޅު އަތުލަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ޓުވަރިޒަމް މިނިސްޓާރ ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ލ. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ވިޝާމް މައުސޫމާ ސުވާލުކުރައްވަމުން ވިދާޅުވީ ބޮޑު ފިނޮޅު ތަރައްގީ ކުރުމަށް ހަވާލު ކުރިތާ 13 އަހަރުވެފައިވާ ކަމަށެވެ. ބޮޑު ފިނޮޅާއި ގަމު ތުނޑީއަވަށުގެ ބޮޑު ސަރަހައްދެއް 2008 ވަނަ އަހަރު އަމިއްލަ ފަރާތަކަށް ދިނީ ޓްރޭނިން ރިސޯޓެއް ހަދަން ކަމަށާއި،އެ ތަންތަން ދިން ފަހުން މިއަދަށް 13 އަހަރުވެފާ ވާއިރުވެސް އެކަމުގެ އަމަލީ މަސަތްކަތައް ފަށާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ހައްލުކުރަން ޓޫރިޒަމް މިނިސްޓްރީން ކުރަނީ ކޮން މަސައްކަތެއްތޯ އޭނާ އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑުފިނޮޅުގެ މައްސަލައަކީ ހައްލެއް ހޯދަން ބޭނުންވާ މައްސަލައެއް ކަމަށާއި އަދި މިހާތަނަށް އެކަމަށް ވަނީ ހައްލެއް ނުލިބިކަމަށެވެ. މިހާރު ކުރެވިފައިވާ މަޝްވަރާތަކަށް ބަލާއިރު ޕްރިމިޔާ ޕްރައިވެޓް ލިމިޓެޑް އަށް އެމަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މިނިސްޓާރ ވިދާޅުވިއެވެ. އަދި މިމައްސަލަ މިހާރު ކޯޓުގައި ކުރިއަށް ދާކަމަށާއި އަދި ކޯޓުން ބޭރުން ހައްލެއް ލިބޭތޯ މަޝްވަރާތައް ދަނީ ކުރިއަށް ކަމަވެސް މިނިސްޓާރ ވިދާޅުވިއެވެ. މިމަޝްވަރާތަކުން އަލިމަގެއް ނުފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސުވާލު ކުރުމަށް އިތުރަށް ލިބުނު ފުރުސަތުގައި ގަމު ދާއިރާގެ މެންބަރު އެއްސެވީ ކޯޓުން ބޭރުގައި މަޝްވަރާ ކޮށްގެންވެސް އަލިމަގެއް ފެނިފައި ނުވާތީ މިހާރު މިނިސްޓްރީއިން މިމައްސަލާގައި ކުރިއަށް ދިއުމަށް ވިސްނަވާފައިވަނީ ކިހިނެއްތޯއެވެ. ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މިހާރު ޕްރިމިޔާ ޕްރައިވެޓް ލިމިޓެޑް އަތުން އެތަން އަތުލެވިދާނެ ކަމަށާއި އަދި އެގޮތަށް އެކަން ކުރާއިރު އެކުންފުނިން 2.7 މިލިއަން ޑޮލަރު ދައުލަތަށް ދައްކާފައިވާ ކަމަށާއި އެފައިސާގެ ބަދަލު ދޭންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޮޑުފިނޮޅު ބަދަލުދީގެން އަތުލަން ޖެހިއްޖެނަމަ އެކަން ވެސް ކުރެވިދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކުންފުނިން ސަރުކާރަށް ދައްކާފައިވާ ފައިސާގެ ބަދަލު ދޭނެ ގޮތަކާމެދު ވިސްނާލަން ޖެހޭކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
