މާލެ: 31°C
120 ފޮލޯވަރސް ތިބި އެކްސް އެކައުންޓަކުން ރައީސް މުއިއްޒުއަށް 62 އިންސައްތަ ތާއިދު އޮތް ކަމަށް ބުނެފި

18 ޑިސެންބަރު 2025
365 ފަހަރު ބަލާފައި
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ މަސައްކަތްފުޅަށް 62 އިންސައްތަ މީހުން ތާއިދުކުރާކަމަށް، 120 ފޮލޯވަރސް ތިބި ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ނުވަތަ ބާނި_ސެންޓަރުގެ ނަމުގައި އެކްސްގައި ހިންގާ އެކްސް އެކައުންޓަކުން ބުނެފި އެވެ.

ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ނުވަތަ ބާނި_ސެންޓަރ އިން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަން ކުރައްވާ ގޮތާ މެދު ދެކޭ ގޮތް ބެލުމަށް ވޯޓުލާ އުމުރުގެ ދިވެހިންނާ މިދިޔަ ނޮވެމްބަރު 23 އިން ޑިސެމްބަރ 1 ވަނަ ދުވަހާ ހަމައަށް ސުވާލުކޮސް ސާވޭއެއް ހަދާފައިވާ ކަމަށެވެ.

ބާނީ އިން ބުނީ އެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 62 އިންސައްތަ މީހުން އެ ރައީސް މުއިއްޒު ވެރިކަންކުރައްވާ ގޮތާމެދު "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަން ކުރައްވާ ގޮތާމެދު "ހިތްހަމަނުޖެހޭ" ނުވަަތަ "ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ" ކަމަށް ބުނެފައިވަނީ 38 އިންސައްތަ މީހުން ކަމަށެވެ. އަދި އެ ނަތީޖާއާއިއެކު ރައީސް މުއިއްޒު އަށް 24+ ނެޓް އެޕްރޫވަލް ރޭޓިންއެއް ލިބިލައްވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި ނަތީޖާގެ އިތުރު ތަސްސީލުގައި ބާނީގެ ޕޯސްޓްގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ވެރިކަން ކުރައްވާ ގޮތާމެދު ހިތްހަމަޖެހޭކަމަށްބުނި 62 އިންސައްތަ މީހުންގެ ތެރެއިން 21 އިންސައްތަ މީހުން ބުނެފައިވަނީ "ވަރަށް ބޮޑަށް" ހިތްހަމަޖެހޭ ކަމަށާއި، އަނެއް 41 އިންސައްތަ މީހުން ބުނެފައިވަނީ "ހިތްހަމަޖެހޭ" ކަމަށް ކަމަށެވެ.

މީގެ އިތުރުން ފިރިހެނުންނަށް ވުރެ އަންހެނުންގެ މެދުގައި ރައީސް މުއިއްޒު އަށް އޮތް ތާއިދު ބޮޑުކަމަށްވެސް އެ ސާވޭއިން ދައްކާ ކަމަށް ބާނީ އިން ބުނެފައި ވެއެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ