މާލެ: 31°C

ބާޖު ފަރަކަށް ނާރާ: އެފްކޮންސް

ބާޖު ފަރަކަށް ނާރާ: އެފްކޮންސް
May 2, 2023
2 ފަހަރު ބަލާފައި
ބާޖު ފަރަކަށް ނާރާ: އެފްކޮންސް
ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުން ކުރާ އުޅަނދެއް ރޭ ފަރަށް ފަރަށް އެރިކަމަށް ބުނެ އަޑުފެތުރިފައިވީ ނަމަވެސް އެ އުޅަނދު ފަރަށް ނާރާ ކަމަށް އެފްކޮންސް އިން ބުނެފިއެވެ. އުޅަނދު ފަރަށް އަރާފައިވާ ކަަމަށް ބުނާ ފޮޓޮތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ، " މިނިވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ބްރިޖް ޕްރޮޖެކްޓްގެ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، އުޅަނދު ފަރަށް ނާރަކަމަށެވެ. " މިހާތަނަށް ބެލި ބެލުމުން އުޅަނދު ފަރަށް ނާރާކަން އަޅުގަނޑުމެނަށް ވަރަށް ޔަގީން، އުޅަނދުގެ ނަގިލި ކަހާލައިގެން ފަރާ ވަރަށް ކައިރިއަށް ދިޔަ ނަމަވެސް ، ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފަވާނީ " ޖިނާން ވިދާޅުވިއެވެ. ޖިނާން ވިދާޅުވިގޮތުގައި އުޅަނދު ފަރުގައި ޖެހިފައި ހުރިތޯ ބަލަން މިހާރު ވެސް ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. "އެއްވެސް ގެއްލުމެއް ވެފައި ވޭތޯ އަޅުގަނޑުމެން އެބަ ބަލަން" ޖިނާން ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އޮސްޓް މަހު ވިލިމާލޭގެ ފަރަށް އަރައި، ފަރުގައި ބޮޑު ބާގަނޑެއް ހެދި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

[caption id="attachment_87787" align="aligncenter" width="697"] ކުރިން ވިލިމާލެ ފަރަށް އެފްކޮންސްގެ އުޅަދެއް އަރާ ލިބުނު ގެއްލުން -- ފޮޓޯ: އިީޕީއޭ[/caption]

އެމައްސަލއިގައި އީޕީއޭ އިން ފެކްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ. ޖޫރިމަނާ އަދިވެސް ދައްކާފައިނުވާއިރު ، ދާދިފަހުން އެންވައަރަމަންޓް މިނިސްޓަރު ވިދާޅޫވެފައިވަނީ ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ