މާލެ: 31°C
ބާ ކައުންސިލުން އޭޖީ ވަކިކުރުމުގެ ބަހުސް ފަށައިފި

ބާ ކައުންސިލުން އޭޖީ ވަކިކުރުމުގެ ބަހުސް ފަށައިފި

July 22, 2024
2 ފަހަރު ބަލާފައި
ބާ ކައުންސިލުން އޭޖީ ވަކިކުރުމުގެ ބަހުސް ފަށައިފި
ބަންޑާރަނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ނުހިމެނޭ ގޮތަށް، އެކަން ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލުގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ފަށައިފިއެވެ. ސަރުކާރުގެ ފަރާތުން އެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު އެވެ. މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ބަންޑާރަނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރެއް ކަމުގައި ޤާނޫނީ ފަންނުގެ ޤާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް، ބާކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ޤާނޫނީ ވަކީލުން އިންތިހާބުކުރާ ރައީސަކާއި ނައިބުރައީސަކާއި މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުމަށްޓަކައި ކަމަށެވެ. އަދި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިންނަށް ބޭނުންވާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް މި ބިލްގައި ހިމަނާފައިވެއެވެ. މި ބިލްގައި ބުނެފައިވާ ގޮތުގައި މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ޤާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޒީމުކޮށް ހިންގަނީ، އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއިއެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ