މާލެ: 31°C
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އިދިކޮޅު މެމްބަރުން މަޖިލިހަށް ނުވަދެވޭގޮތަށް ދޮރުތައް ތަޅުލައިފި

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އިދިކޮޅު މެމްބަރުން މަޖިލިހަށް ނުވަދެވޭގޮތަށް ދޮރުތައް ތަޅުލައިފި

January 28, 2024
3 ފަހަރު ބަލާފައި
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އިދިކޮޅު މެމްބަރުން މަޖިލިހަށް ނުވަދެވޭގޮތަށް ދޮރުތައް ތަޅުލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތަކުގައި ތަޅުލައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ މިއަދު 1:30 އަށެވެ.

އެނގިފައިވާ ގޮތުގައި އާންމު މެންބަރުން ވަންނަން ހާއްސަކޮށްފައިވާ ދެ ދޮރު ވެސް ހުރީ ތަޅުލާފައި ކަމަށެވެ. އެހެންވެ ަމިލީހުގެ ރައީސް ވަންނަވާ ދޮރު ބޭނުންކޮށްގެން މެންބަރުން ވަންނަން މަސައްކަތް ކުރާ ކަމަށް ބައެއް މެމްބަރުންގެ ފަރާތުން އެނގިފައިވެއެވެ.

ތަޅުލައިގެން އެތެރޭގައި ތިބި ބައެއް މެންބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި ދުންމާރި ފަދަ ތަކެތި ފުމެ، އަޑުގަދަކޮށް ހަދަމުންނެވެ. ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.

ދަ ޑޮމިކްރެޓްސް އިން ވަނީ، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ