ބ އަތޮޅުންފެށިގެން ދ އަތޮޅާ ދެމެދުގެ އޮތޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ މިރޭގެ 21:45 އިން ފެށިގެން ދަންވަރު 12:00 އާއި ހަމައަށް ބ އަތޮޅުން ފެށިގެން ދ އަޮޅާއިދެމެދުގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖު އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ އޮރެންޖް އެލާޓް އިންޒާރުގައި ވަނީ އެ ވަގުތަކުގެ ތެރޭގައި ބ އަތޮޅުން ފެށިގެން ދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށްފައެވެ.
މީގެ ކުރިން މެޓް އޮފީހުން މިއަދު ވަނީ ކ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ބުނެފައިވަނީ މިރޭގެ 21:00 އިން މިރޭގެ ދަންވަރު 1:00 އަށް ކ އަތޮޅާއި މ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިވެސް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
Orange warning for torrential rain and thunderstorms with flooding. pic.twitter.com/wKuxxlMWaU
— Maldives Meteorology (@MetMaldives) March 1, 2025







