މާލެ: 31°C

ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
June 7, 2023
2 ފަހަރު ބަލާފައި
ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން، ބ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ވިއްސާރަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ނެރުނު އެލާޓްގައިވާ ގޮތުން ބ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. މިސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ، ވައިޓް އެލާާޓް ނެރެފައިވާނީ މިއަދު ހެނދުނު 9:25 އިން ފެށިގެން މެންދުރު 15:00 އާއި ހަމައަށެވެ. [embed]https://twitter.com/MetMaldives/status/1666296630587576321?s=20[/embed] ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން ދާތީ މޫސުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ