މާލެ: 31°C

ފަސް އެއާޕޯޓަކަށް ސެކިއުރިޓީ އޮފިޝަރުން ހޯދަން އިއުލާންކޮށްފި

January 25, 2025
1449 ފަހަރު ބަލާފައި
ފަސް އެއާޕޯޓަކަށް ސެކިއުރިޓީ އޮފިޝަރުން ހޯދަން އިއުލާންކޮށްފި
ރާއްޖޭގެ ފަސް އެއަޕޯޓަކަށް އޭވިއޭޝަން ސެކިއުރިޓީ ހޯދަން އިއުލާންކޮށްފިއެވެ.

ރާއްޖޭގެ ފަސް އެއަޕޯޓަކަށް އޭވިއޭޝަން ސެކިއުރިޓީ ހޯދަން އިއުލާންކޮށްފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ނެރުނު އިއުލާނެއްގައި، އެ ސެކިއުރިޓީން ހޯދަން އިއުލާންކޮށްފައި ވަނީ މާވަރުލު އެއާޕޯޓު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް، މަޑިވަރު އެއާޕޯޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓް، އަދި ދާލު އެއަރޕޯޓަށެވެ.

އެގޮތުން ކޮންމެ އެއާޕޯޓަކަށް ވެސް ވަކި އަދަދަކަށް މީހުން ބޭނުންވާއިރު، މާވަރުލު އެއާޕޯޓު، މާފަރު އަދި ދާލު އެއާޕޯޓުގެ ތެރެއިން ކޮންމެ އެއާޕޯޓަކަށް އެއް ސެކިއުރީޓީއަކު ބޭނުންވެއެވެ. މަޑިވަރު އެއާޕޯޓަށް ތިން މީހަކު ބޭނުންވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ހަ މީހަކު ބޭނުންވެއެވެ.

މި މަގާމުތަކުގެ މުސާރައިގެ ގޮތުގައި 5،920 ރުފިޔާ ލިބޭނެއިރު، ސާވިސް އެލަވެންސްގެ ގޮތުގައި 1،500 ރުފިޔާ ލިބޭނެއެވެ. އަދި އެހެނިހެން އެލަވެންސްގެ ގޮތުގައި ކޮއްތު ފައިސާ، ސްޕެޝަލް ޑިއުޓީ އެލަވެންސް، އަދި އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެއެވެ.

މި ވަޒީފާތަކަށް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މި އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ