
އޭވިއޭޝަން ކޮމާންޑުން ގެއްލުމުގެ ބަދަލަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ބައެއް މުއައްޒަފުންނަށް ދީފި
އޭވިއޭޝަން ކޮމާންޑުން ގެއްލުމުގެ ބަދަލަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ބައެއް މުއައްޒަފުންނަށް ދީފި
ލިޔުން:
އޭވިއޭޝަން ކޮމާންޑުގައި މަސައްކަތްކުރި މުއައްޒަފުންތަކެއް އުސޫލާއި ހިލާފަށް ވަކިކުރި މައްސަލާގައި ބަދަލެއްގެ ގޮތުން އެފަރާތްތަކަށް ޖުމްލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް އެއިދާރާގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޭވިއޭޝަން ސެކިއުރެޓީ ކޮމާންޑުގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެތަނުގައި މަސައްކަތްކުރަމުން އައި 8 މުއައްޒަފަކު އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރުމުން ބަދަލެއްގެ ގޮތުގައި 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ ފައިސާއަކީ ސިވިލްސަރވިސް މުއައްޒަފުންގެ ގަވައިދުގެ ދަށުން ފުރިހަމަކުރަންޖެހޭ މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ފުރިހަމަ ނުކޮށް ހުށަހެޅި ހުށަހެޅުންތަކެއްގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާތީވެ ކޯޓުގެ ހުކުމާއި ގުޅިގެން ބަދަލުގެ ގޮތުގައި އެފަރާތްތަކަށް ދީފައިވާ ފައިސާ ކަމަށެވެ.
ކޯޓުން ކުރި ހުކުމްގައި ވާގޮތުން ވަކިކުރި ބައެއް މީހުންނަށް 6 މަހާއި 24 ދުވަސް އަދި އަނެއް ބައި މީހުނަށް 4 އަހަރާއި 5 މަހާ 9 ދުވަހަށް ވާ މުސާރައާ ޕެންޝަނުގެ ގޮތުގައިޮ ދޭންޖެހޭ ފައިސާ ހިމެނެއެވެ.
މިކަމާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ ސިވިލްސާވިސްގައި ގިނަވެގެން ނަގައިދެވޭނެ މުއްދަތު ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލްސާވިސްގެ ގާނޫނާއި ގަވައިދުގެ އިތުރުން ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާތީވެ ދައުލަތުގެ ބައިތުލްމާލުން އެފަދަ މައްސަލަތަކުގައި ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު ލިމިޓް ކުރަން ބަލާއިރު، އެކަން ނުކުރެވޭނެ ހަމައެއް ނޯންނަކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
