މާލެ: 31°C

އޯޓިޒަމާ ގުޅޭ ކުށްހީ ފިލުވަން ބުރަ މަސައްކަތްކުރަން ޖެހޭ: މެޑަލް ސާޖިދާ

February 8, 2025
162 ފަހަރު ބަލާފައި
އޯޓިޒަމާ ގުޅޭ ކުށްހީ ފިލުވަން ބުރަ  މަސައްކަތްކުރަން ޖެހޭ: މެޑަލް ސާޖިދާ
އޯޓިޒަމްއާ ގުޅޭ ގޮތުން މީހުންގެ ކުށްހީތައް ފިލުވާލަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

އޯޓިޒަމްއާ ގުޅޭ ގޮތުން މީހުންގެ ކުށްހީތައް ފިލުވާލަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވިދާޅުވީ އޯޓިސްޓިކް ކުދިންނަށް ހާއްސަ ފަރުވާއެއް ދީފައި، ރަނގަޅުކުރުމަށް ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތުވުން އުފެދޭ ތަފާތު ވިސްނުމާއި އުޅުން ބަދަލުކުރަންޖެހޭ ކަމަށް އާންމުން ގަބޫލުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެހެންވެ، އެފަދަ ކުށްހީތައް ފިލުވަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް، ހުޅުމާލޭގައި ހިންގާ އެ ޖަމިއްޔާގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވި އެވެ.

ފަސްޓްލޭޑީ ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުންނަ ތަފާތުކަމާއެކު އެ ކުދިން ބަލައިގަންނަން ޖެހޭ ކަމަށެވެ. އެކަމުގައި، މުޖުތަމައުގެ ހުރިހާ ފަންތިއަކުން، އެ ކުދިންނަށް އެއްބާރުލުން ދިނުމާއި އެ ކުދިންނަށް އަމިއްލަ ހަގުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު ދެވޭ ފަދަ މާހައުލެއް ގާއިމްކޮށްދޭންޖެހޭކަމަށް ވިދާޅުވި އެވެ.

ތަހުޒީބު މުޖުތަމައުއަކަށް މި ތަން ބަދަލުކުރުމަށް އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ސާޖިދާ ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

ފަސްޓްލޭޑީގެ ވާހަކަފުޅުގައި އޯޓިޒަމްގެ އެކި މައްސަަލަތަކާއެކު ވެސް ކާމިޔާބުކަމާއެކު ދިރިއުޅުނު އަދި މިހާރު ވެސް އުޅެމުން އަންނަ ޝަހުސުންނަށް އަލިއަޅުވާލެއްވި އެވެ.

އެއާ އެކު، އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ގާބިލްކަމެއް ދެނެގަނެ އަދި އެ ރޮނގުން އެ ކުއްޖާއަށް ވީހާ ވެސް ގިނަ ފުރުސަތުތަކެއް މަގުފަހިކޮށްދެއްވުމަށް ފަސްޓް ލޭޑީ ވަނީ ބާރުއަޅުއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ