އޮސްޓްރޭލިއާ އެވޯޑްސް ގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އަންނަ މަހުގެ 30 ގެ ނިއަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފާއިވާ ސްކޮލާސިޕްސް ތަކާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އޮސްޓްރޭލިއާ އެވޯޑްސް ގެ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓާއި އެސްޓެބްލިޝްމަންޓް އެލަވަންސާއި ސްޓައިޕެންޑް، ޓިއުޝަން ފީ އާއި ލިވިން އެލަވަންސާއި ހެލްތު އިންޝުރެންސް ސްކޮލަޝިޕް ދޭ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށާއި، ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވާނީ ވެސް ސްކޮލަޝިޕް ދޭ ފަރާތުން ކަމަށެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޮލަޝިޕްތގަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ކޯހަށް ކުރިމަތިލާ ދަރިވަރުންގެ ކިބައިން އެދެފައެވެ.
ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު www.australiaawardsmaldives.org އިން ލިބޭން ހުންނާނެ ކަމަށް ބުނެފައިވެއެވެ.







