
އައު ސަރުކާރުން އިސްލާމިކް މިނިސްޓްރީގައި އޮތް ދަރަނިތައް ދައްކައި ހަލާސްކޮށްފިން: ސައީދު
އައު ސަރުކާރުން އިސްލާމިކް މިނިސްޓްރީގައި އޮތް ދަރަނިތައް ދައްކައި ހަލާސްކޮށްފިން: ސައީދު
ލިޔުން:
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، އިސްލާމިކް މިނިސްޓްރީގައި 27 މިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އިންތިޒާމުކޮށްގެން މިރޭ ފެށި "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ނިމި، މިހާރުގެ ސަރުކާރު ވެރިކަމަށް އާއިރު، އިސްލާމިކް މިނިސްޓްރީގެ ޖުމްލަ ދަރަނި 27 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. ޝަހީމް ވިދާޅުވީ ޑރ.މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު، ފުރަތަމަ ހަފްތާގެ ތެރޭގައި ދަރަނިތައް ހަލާސްކުރުމުގެ މަސައްކަތް ފެށިކަމަށެވެ.
މިގޮތުން ދެމަސްދުވަސް ނިމިގެންދިޔައިރު، އިސްލާމިކް މިނިސްޓްރީގެ ދަރަނިތައް ހަލާސްކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދަން ފަށާފައި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވިގެން މަސައްކަތް ހުއްޓިފައި ހުރި ހުރިހާ މިސްކިތްތަކުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިސްކިތްތަކުގެ މަސައްކަތް ފަށާފައިވަނީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ދިނުމަށްފަހުއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ޑރ.މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެކި ދާއިރާތަކުން ރާއްޖޭގެ އިސްލާމީ ކަންކަން ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. މިގޮތުން ޒަކާތަށް ހާއްސަކޮށް އިދާރާއެއް ގާއިމްކުރެއްވިއިރު، ރާއްޖޭގައި ހުރި މިސްކިތްތަކުގެ ކަންކަން ގާތުން ބެއްލެވުމުގެ ގޮތުން ގައުމީ ފެންވަރުގެ މިސްކިތްތަކާ ބެހޭ މަޖިލީހެއް އުފައްދާފައިވާކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު 700 އެއްހާ މިސްކިތް އެބަހުއްޓެވެ. މީގެތެރެއިން ވަރަށް މަދު މިސްކިތެއް ފިޔަވައި ދެންހުރި ހުރިހާ މިސްކިތްތަކެއްގެ ހަރަދުތައް ބަލަހައްޓަނީ ސަރުކާރުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
