
އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ ކުރިއަށްއޮތް ތަނުގައި ދޭނީ އަތޮޅުތަކަށް: ރައީސް ޑރ.މުއިއްޒު
އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ ކުރިއަށްއޮތް ތަނުގައި ދޭނީ އަތޮޅުތަކަށް: ރައީސް ޑރ.މުއިއްޒު
ލިޔުން:
ކުރިއަށްއޮތް ތަނުގައި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ޖަމާކުރާނީ އަތޮޅުތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުންނާއި މޭޔަރު ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަތޮޅު ފިހާރަތައް ކުއްޔަށްދީގެން މިހާތަނަށް އަތޮޅުތަކަށް އޭގެ މަންފާ ކުރަންވާގޮތަށް ކޮށްފައިނުވާކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައްވެސް ބައްޓަން ކޮށްފައިވަނީ އެމަގުންކަމަށެވެ.
"މާލޭގައި ހުރޭ އަތޮޅު ފިހާރަތަކެއް. އެހެން ނަމަވެސް އެ ފިހާރަތަކުން ލިބެމުންދިޔަ ފައިސާ ނެތް އަތޮޅުތަކާ ހަވާލުކޮށްފައެއް. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި އެ އަތޮޅުތަކުން ލިބޭ ފައިސާ އެ އަތޮޅުތަކަށް ހަވާލުކުރަން" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ ކައުންސިލްތަކަށް އެންމެ ރަނގަޅަށް ލިބެމުން ނުދާކަން ފާހަގަކުރެއްވިއިރު، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ 2016 އަދި 2017 ވަނަ އަހަރު މާލޭގެ އަތޮޅުފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެންޖެހޭ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތޮޅު ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީފައެވެ.
މާލޭގައި ހުރި އަތޮޅުފިހާރަތަކުން ލިބޭ އާމްދަނީގެ 50 އިންސައްތަ އަތޮޅު ކައުންސިލްތަކަށް ދޫކުރުމަށް 2013 ވަނަ އަހަރު ސަރުކާރުން ނިންމި ނަމަވެސް އެކަން އެންމެ ރަނގަޅަށް ކުރިއަށް ގޮސްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
