މާލެ: 31°C

ޑޮލަރު އެކައުންޓްތަކަށް ކަނޑައަޅާފައި އޮތް 2000 ޑޮލަރުގެ ލިމިޓް ބީއެމްއެލް އިން އުވާލައިފި

February 1, 2023
2 ފަހަރު ބަލާފައި
ޑޮލަރު އެކައުންޓްތަކަށް ކަނޑައަޅާފައި އޮތް 2000 ޑޮލަރުގެ ލިމިޓް ބީއެމްއެލް އިން އުވާލައިފި
ޑޮލަރު އެކައުންޓްތަކަށް ކަނޑައަޅާފައި އޮތް 2000 ޑޮލަރުގެ ލިމިޓް ބީއެމްއެލް އިން އުވާލައިފި
ޑޮލަރު އެކައުންޓްތަކުން މަހަކު 2،000 ޑޮލަރަށް ވުރެ އިތުރަށް ނުނެގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ދުވާލަކު 1،600 ޑޮލަރު (މަހަކު 48،000 ޑޮލަރު) ނެގޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަދަލުކޮށްފި އެވެ. ބީއެމްއެލް އިން މިއަދު ކުރި އިއުލާނެއްގައި  ބުނީ އެބެންކުގެ ޔޫއެސް ޑޮލަރު އެކައުންޓު ތަކުން ޑޮލަރު ނެގުމަށް ކުރިން މަހަކަށް ކަނޑައަޅާފައިވާ 2،000 ޔޫއެސް ޑޮލަރުގެ ލިމިޓު މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ. މިއަދުން ފެށިގެން ޑޮލަރަށް ހާއްސަ ކުރެވިފައިވާ އޭޓީއެމް މެދުވެރިކޮށް ދުވާލަކު 1،600 ޔޫއެސް ޑޮލަރު ނެގޭނެ ކަމުގައި އެ ބެންކުން ބުނެއެވެ. ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ޑޮލަރު އެކައުންޓް ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖެއިން ބޭރުން މުއާމަލާތްތައް ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގޭ މިންވަރަށް ބަދަލު ގެނެވިފަވީނަމަވެސް، ދިވެހި ރުފިޔާ އެކައުންޓްތަކުން ބޭރުގައުމުތަކުގައި ޑެބިޓް ކާޑު އަދި ކުރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ބީއެމްއެލް  އިން ބަދަލެއް ނުގެނެއެވެ. އެގޮތުން ކުރެޑިޓް ކާޑުން މުއާމަލާތް ކުރޭވޭ އަދަދަކީ 750 ޔޫއެސް ޑޮލަރެވެ އަދި ޑެބިޓް ކާޑު މެދުވެރިކޮށް މުއާމަލާތް ކުރެވޭ އަދަދަކީ 250 ޔޫއެސް ޑޮލަރެވެ. މީގެއިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހުންނަށް ކްރެޑިޓް އަދި ޑެބިޓް ކާޑުންވެސް ބޭނުން ކުރެވޭނީ މަހެއްގެ މައްޗަށް 750 ޔޫއެސް ޑޮލަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ