
އޭޓީއެމް އަކަށް ގެންލުންދީފައި ވަނީ ގަސްތުގައެއްނޫން، ވައްކަމެއް ނުކުރޭ: ބީއެމްއެލް
އޭޓީއެމް އަކަށް ގެންލުންދީފައި ވަނީ ގަސްތުގައެއްނޫން، ވައްކަމެއް ނުކުރޭ: ބީއެމްއެލް
ލިޔުން:
އައިޖީއެމްއެޗް ކައިރީގައި ހުންނަ ތިން އޭޓީއެމް މެޝިނުގެ ތެރެއިން އެއް އޭޓީއެމްއަށް ގެއްލުން ލިބިފައި ވަނީ މީހަކު ގަސްތުގައި ކުރި ކަމަކުން ނޫން ކަމަށާއި އެ އެޓިއެމް އިން އެއްވެސް ފައިސާއެއް ގެއްލިފައި ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިންބުނެފި އެވެ.
ރޭ ފަތިހު، އައިޖީއެމްއެޗް ކައިރީގައި ހުންނަ އޭޓީއެމް މެޝިން ތަކުގެ ތެރެއިން އެއް މެޝިނަށް ގެއްލުން ދީފައިވާ މައްސަލައެއް ފަތިހު 5:11 އެހާކަން ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް ބީއެމްއެލްއިން މީޑިއާތަަކަށް ފޮނުވި މެސެޖެއްގަިއ ބުނީ، އޭޓީއެމްއަށް ގެއްލުންވެފައިވަނީ ވަރަށް ކުޑަކޮށްކަމަށާއި ވެފައިވާ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި އޭޓީއެމްއަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ، އޭޓީއެމްއަށް ގެއްލުންވެފައިވީ ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ނަގާފައި ނުވާ ކަމަށް ވެސް ބީއެމް އިން ބުންޏެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލް އިން ބަލަމުން ދާ ކަމަށެވެ.
އެޓީއެމްއަށް ގެއްލުންވެފައި ވަނީ ކީއްވެގެން ކަމެއް ނުވަތަ ވެފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް ބީއެމްއެލް އިން ނުބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
