މާލެ: 31°C

ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް އަތުހަރު މަރުވެއްޖެ

ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް އަތުހަރު މަރުވެއްޖެ
September 2, 2024
2 ފަހަރު ބަލާފައި
ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް އަތުހަރު މަރުވެއްޖެ
ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު އާދަމް އަތުހަރު އަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވެފައި ވަނީ މިއަދު ހަވީރު 16:05 އެހާ ކަންހާ އިރު އެވެ.  އަތުހަރު ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެނިކޮށް ފެނުނީ ރޭގެ ވަގުތެއްގަ އެވެ. މައުލޫމާތު ގޮތުގައި މަރުވާންވެގެން އަމިއްލައަށް ދަންޖެހެން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާ އަށް ވަނީ އަނިޔާވެފަ އެވެ. ފުލުހުންގެ ޓައިމްލައިންގައިވާ ގޮތުން މި ހާދިސާގައި ދޫނިދޫ ކްލިނިކަށް އޭނާ ގެންދެވުނީ ރޭ 7:06 ގައެވެ. އަދި އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިއުމަށް ނެގީ 19 މިނެޓެވެ. ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހްތަރުގެ ހާލު ގޯސްވެ އައިޖީއެމްއެޗްގެ އައިސީޔުއަށް ބަދަލުކޮށްފައިވާ ކަމަށާއި، ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަތުހަރު ދަންޖެހުނު މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ށ. މިލަންދޫ، ހެޕީސައިޑް އަތުހަރު ވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކޮށްފަ އެވެ.

އަންހެން މީހާ ސަލާމަތްކުރަން އުޅުމުން، އޭނާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން ނެރެ، ސައިކަލަށް އަރައިގެން ފިލަން މަސައްކަތްކުރި އެވެ. ނަމަވެސް އޭނާ ސައިކަލު މަޑުކޮށްލި ދަނޑިވަޅުގައި ފުލުހަކު ވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި އަންހެން މީހާ ސަލާމަތްކޮށްފަ އެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ