
އަސުރުމާ3 ދޯންޏަށް އަރައި ބަލައި ފާސްކުރިކަމަށް ބުނާ ސިފައިން ޔަގީންކުރުމަކީ ދިވެހި އަސްކަރިއްޔާއަށް ލާޒިމުކަމެއް:އެމްޑީޕީ
އަސުރުމާ3 ދޯންޏަށް އަރައި ބަލައި ފާސްކުރިކަމަށް ބުނާ ސިފައިން ޔަގީންކުރުމަކީ ދިވެހި އަސްކަރިއްޔާއަށް ލާޒިމުކަމެއް:އެމްޑީޕީ
ލިޔުން:
ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި އޮތް "އަސުރުމާ3" ދޯންނަށް ބޭރުގެ ސިފައިންގެ ބަޔަކު އަރައި ފާސްކޮށްފައިވާނަމަ، އެއީ ކޮން ޤައުމަކަށް ނިސްބަތްވާ ސިފައިންގެ ބައެއްތޯ ބެލުމަކީ ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއްކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އަސުރުމާ 3 ދޯންޏަށް ބޭރު ސިފައިންގެ ބަޔަކު އަރައި އެ ދޯނި ބަލައި ފާސްކުރުމާއި ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ރާއްޖޭގެ ގައުމީ ދިފާއީ ބާރާ ކަމަށް ވީހިނދު، މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހިމަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް އެޕާޓީން ގޮވާލާ ކަމަށެވެ.
"މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް ގޮވާލަން" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލްވޭތޯ ބެލުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމުގައިވެސް އެމްޑީޕީގެ މި ބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ރާއްޖޭގެ ކަންނެލި ދޯންޏަކަށް އިންޑިއާ ސިފައިންގެ ބަޔަކު އަރައި ބަލައި ފާސްކޮށްފައިވާއިރު، އިންޑިއާ ކޯސްޓްގާރޑުން އަރާފައިވަނީ އދ މަހިބަދޫ އަސުރުމާ 3 ދޯންޏަށެވެ. މި ދޯނި މަސްވެރިކަންކުރަމުން ދިޔައީ ރާއްޖޭގެ ބޯޑަރުގެ 15 މޭލު އެތެރެއިންނެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ އިންޑިއާ ކޯސްޓްގާރޑުން ދޯންޏައް އެރި ލޮކޭޝަން ސޯސަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިނިވަން ނޫހަށް އެނގިފައިވާ ގޮތުގައި އިންޑިއާ ސިފައިން އެ ދޯންޏަށް އަރައި ސުވާލު ކުރަމުންދަވީ ސެޓްލައިޓް ފޯން ބޭނުންކުރާތީއެވެ. ނަމަވެސް ދޯނިފަހަރުގައި ސެޓްލައިޓް ފޯން ބޭނުންކުރުމަކީ ރާއްޖޭގެ ޤާނޫނުގައި މަނާ ކަމެއް ނޫނެވެ. އަދި ސެޓްލައިޓް ފޯނަކީ ސަލާމަތީ ގޮތުން ގިނަ ދޯނިފަހަރުގައި މިހާރު ބޭނުންކުރަމުންދާ މުހިންމު ވަސީލަތެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
