މާލެ: 31°C

އަސްލަމް ވިދާޅުވަނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ދާ ކަމަށް

އަސްލަމް ވިދާޅުވަނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ދާ ކަމަށް
April 4, 2023
2 ފަހަރު ބަލާފައި
އަސްލަމް ވިދާޅުވަނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ދާ ކަމަށް
އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ 4،000 ހައުސިން ޔުނިޓްގެ މަަސައްކަތް ރަނގަޅަށް ކުރިއަށް ދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އޭގެ ތެރެއިން ބައެއް ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމި، ފިނިޝިން މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ. މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިނިސްޓަރު އަސްލަމާ ކުރެއްވި ސުވާލުގައި އެއްސެވީ ހުޅުމާލޭގައި އަޅާ  ހައުސިން އިމާރާތްތަކުގައި މިހާތު ކިތައް ޝީޓް އެޅިއްޖެތޯ އެވެ. [embed]https://twitter.com/mvpeoplesmajlis/status/1643129922062520320?s=20[/embed] "އެގްޒޭކްޓްލީ އަޅުގަނޑަކަށް ނޭނގޭ ހައުސިން ކިތައް ޝީޓްކަމެއް އެޅިފައި ހުރީ. އަޅުގަނޑަށް ޔަގީންކަމާ އެކީ ދަންނަވަން ކެރޭނެ ހަމަ ރަނގަޅު މިންވަރެއްގެ ޕްރޮގްރެސް އެބަހުއްޓޭ، ކޮންކްރީޓް މަސައްކަތް ނިމި އޭގެ ތެރެއިން ބައެއް އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ވެސް އެބަ ކުރިއަށްދޭ،" އަސްލަމް ވިދާޅުވި އެވެ. ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓްތައް ނިމުުމުން އެތަންތަން ހުންނާނެ ގޮތް ދައްކައިލަން ސަރުކާރުން ކުރިން "މޮކަޕް" އެއް [މާދިރިއެއް] ހަދާފައި އާއްމުންނަށް ދައްކައިލި އެވެ. އެކަމާ ހަޖޫ ޖައްސަވާ މޭރުމަކުން މެމްބަރު އިމްތިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ "މޮކަޕްގައި ފަރުނީޗަރު ލާފައި ހުރީ" އެތަންތަނަށް ފަރުނީޗަރު ވެއްދީމާ ހުންނާނެ ގޮތް ދައްކައިލަން ކަމަށެވެ. އެހެން ނަމަވެސް އެތަންތަން ދޫކުރާނީ ފަރުނީޗަރު ލާފައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ