މާލެ: 31°C
އަސްލަމާއި ސައްލެ ވަކިކުރުމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

އަސްލަމާއި ސައްލެ ވަކިކުރުމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

February 14, 2024
3 ފަހަރު ބަލާފައި
އަސްލަމާއި ސައްލެ ވަކިކުރުމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް މަގާމުން ވަކިކުރުމަށް ސަރުކާރުގެ ކޯލިޝަނުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ. އެ މައްސަލަ ހުށަހެޅީ ޕީއެންސީ/ޕީޕީއެމަށް ނިސްބަތްވާ 23 މެމްބަރުން ސޮޔާ އެކު މިދިޔަ މަހުގެ 28 ގައެވެ. އެ ކޯލިޝަނުން މި މައްސަލަ ހުށަހަޅާފައިމިވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެން މަޖިލީހުގައި މިދިޔަ މަހުގެ ފަހުކޮޅު ހިންގި ހަމަ ނުޖެހުންތަކުގެ ތެރެއިންނެވެ. ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ އިތުރުން އެ ބޭފުޅުން ވަކިކުރަން ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މޮސްޓާ) ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެ ކޯލިޝަނުން އިއްޔެ ވަނީ މަޖިލީހުގެ ރައީސް އަސްލަމް އަށް އެޑްރެސް ކުރައްވައި ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ސޮއި އަނބުރާ ގެންދަވަން އެ ބޭފުޅުން ބޭނުންވީ އަސްލަމް އާއި ސަލީމް މަގާމުން ވަކިކުރުމުގެ މައްސަލަ މިވަގުތު ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ. އެގޮތުން، ސޮއި ގެންދެވި މެމްބަރުންގެ ތެރޭގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ފޮނަދޫ ދާއިރާ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހިމެނިވަޑައިގަންނަވައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ މެމްބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާ ގަރާރަކުންނެވެ. އެއީ މަދުވެގެން 20 މެމްބަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ