މާލެ: 31°C
އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

January 28, 2024
4 ފަހަރު ބަލާފައި
އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ކޯލިޝަނުން މިއަދު ހުށަހަޅައިފިއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިމިވަނީ، މަޖިލީހުގެ މެޖޯރިޓީ ޕާޓީކަމަށްވާ އެމްޑީޕީން ސަރުކާރުގެ ތިން ވަޒީރެއްގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމްއަށް ރުހުން ނުދޭން ނިންމާފައި ވަނިކޮށްވެ. ވަޒީރުންގެ ތެރެއިން އެމްޑީޕީން ރުހުން ނުދޭން ނިންމާފައިވަނީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އެވެ. މިއަދު ވަނީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން ވަޒީރުންނަށް ރުހުން ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެމްޑީޕީން ވަނީ ވަޒީރުންނަށް ރުހުންދިނުމަށް ބޭއްވި ޖަލްސާއަށް ހުރަސްއަޅާފައެވެ. މިކަމުގެ ތެރޭގައި މަޖިލީހުގެ ތަޅޫން ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ގޮސްފައިވާއިރު، ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެސް ވެފައެވެ. މިގޮތުން މެމްބަރު ޝަހީމަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްގެން ވަނީ ފަރުވާދީފައެވެ. ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލާގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބޮޑު އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ތެރެއިން އެކަން ނުކުރެވުނު ނަމަވެސް އެބޭފުޅުން އެމަގާމަށް އައްޔަނުކުރުމުގެ ހައިސިއްޔަތު ރައީސްއަށް ލިބިގެންވާކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ