މާލެ: 31°C

އާސިރު އެންމެ ފަހުން ފެނިފައިވަނީ ޓެކްސީ އަކުން އެއާޕޯޓަށް ދިޔަތަން: ފުލުހުން

February 12, 2023
2 ފަހަރު ބަލާފައި
އާސިރު އެންމެ ފަހުން ފެނިފައިވަނީ ޓެކްސީ އަކުން އެއާޕޯޓަށް ދިޔަތަން: ފުލުހުން
އާސިރު އެންމެ ފަހުން ފެނިފައިވަނީ ޓެކްސީ އަކުން އެއާޕޯޓަށް ދިޔަތަން: ފުލުހުން
ގެއްލިގެން ހޯދަމުންދާ އާސިރު އެންމެ ފަހުން ފެނިފައިވަނީ ޓެކްސީ އަކުން އެއާޕޯޓަށް ދިޔަތަން ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ފެބުރުއަރީ 4 ވަނަ ދުވަހު 19:30 އެހާކަންހާއިރުން ފެށިގެން ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ސ. މަރަދޫ / ގަސްކަރަ، 31 އަހަރުގެ މުހައްމަދު އާސިރު އިސްމާއީލް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައި ނުވާ ކަމަށެވެ. އާސިރު ހޯދުމަށް މާލޭގެ އެކި ސަރަހައްދު ތަކުގެ ސީސީ ޓީވީ ކެމެރާ ފޫޓޭޖް ތަކާއި އެއަރ ޕޯޓު ގެ ބައެއް ސަރަހައްދު ތަކުގެ ފޫޓޭޖު ތައް ބަލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ބެލި ބެލުމުން ފެބުރުއަރީ 4 ވަނަ ދުވަހު 19:20 އެހާކަން ހާ އިރު ބޮޑު ތަކުރުފާނުމަގު ހުޅުމާލެ ފެރީ ޓާރމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީ އަކަށް އަރާ މަންޒަރު ފެނިފައިވާ ކަމަށާއި، އަދި އެ ޓެކްސީ ގޮސް އެއާޕޯޓު ޓާމިނަލަށް މަޑު ކުރުމުން އާސިރު ޓެކްސީއިން ފައިބާގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފޫޓޭޖަކުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އާސިރު އެއްވެސް އެއާލައިން އަކުން ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން މިހާތަނަށް ބެލިބެލުމުން އެނގިފައިނުވާ ކަމަަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދު ތަކުގެ ސީސީ ޓީވީ ކެމެރާ ފޫޓޭޖް ތަކާއި އެއާރ ޕޯޓުގެ އިތުރު ސަރަހައްދު ތަކުގެ ފޫޓޭޖް ތައް ބެލުމުގެ މާސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންކަމަށެވެ. އަދި އަތޮޅު ތަކުގެ ޕޮލިސް ސްޓޭޝަން ތައް މެދުވެރި ކޮށްގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް  މެދުކެނޑުމެއް ނެތި ކުރިޔަށް ދާކަމަށް ވެސް ފުހުން ބުންޏެވެ. އާސިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ