މާލެ: 31°C

އާސަންދަ ކަނޑާއިރު ބޭނުންނެތް ވަޒީފާތައް އިތުރުކުރުން ބަލާނުގަނެވޭކަމަށް ޑރ.ޝަމްހީދު ވިދާޅުވެއްޖެ

އާސަންދަ ކަނޑާއިރު ބޭނުންނެތް ވަޒީފާތައް އިތުރުކުރުން ބަލާނުގަނެވޭކަމަށް ޑރ.ޝަމްހީދު ވިދާޅުވެއްޖެ
August 14, 2024
2 ފަހަރު ބަލާފައި
އާސަންދަ ކަނޑާއިރު ބޭނުންނެތް ވަޒީފާތައް އިތުރުކުރުން ބަލާނުގަނެވޭކަމަށް ޑރ.ޝަމްހީދު ވިދާޅުވެއްޖެ
އާސަންދަ ކަނޑާއިރު ބޭނުންނެތް ވަޒީފާތައް އިތުރުކުރުން ބަލައިނުގަނެވޭކަމަށް ޑރ.ޝަމްހީދު ވިދާޅުވެއްޖެއެވެ. މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓަރ މައުޅުމާތު ދެއްވުމަށް މިއަދު ބޭއްވީ ކޮމެޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރާ ސުވާލުކުރައްވަމުން ވިދާޅުވީ ޙަރަދު ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވަމުންގެންދާއިރު އެ ފިޔަވަޅުތަކުގެ ތެރެއިން އާސަންދަ ކަނޑާއިރުއާއި ފެނަކައިން މުވައްޒަފުން ކަނޑާއިރު ބޭނުން ނެތް ސިޔާސީ މަގާމުތައް ކޮންމެ ދުވަހަކު އިތުރުކުރަމުން ގެންދާތީ ރައްޔިތުންނަށް އެކަން ބަލައިނުގަނެވޭ ކަމަށެވެ. ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑރ.ޝަމްހީދު ފާހަގަކުރެއްވީ ޙަރަދުކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ބަލައިގަންނަކަމަށާއި އެކަމަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި ނަމަވެސް އެކަންކަން ކުރައްވާއިރު ކޮންމެ ދުވަހަކުވެސް އައު ސިޔާސީ ވަޒީފާއެއް ހަމަޖައްސާތަންފެނުން ރައްޔިތުން ބަލާނުގަންނާނެކަމަށެވެ. މިއަދުގެ ކޮމެޓީގައި ވަނީ މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖިކް ޕެލޭނާ ބެހޭގޮތުން ފިނޭންސް މިނިސްޓަރ ކޮމެޓީއަށް މައުލޫމާތު ހިއްސާކޮށްދެއްވާފައެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވީ އެ ފްލޭނަކީ ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން އާއްމު ރައްޔިތަކަށް އެކަމުގެ އެއްވެސް އަސަރެއް ނުކުރާނެ ގޮތަށް އާއްމުދަނީ އިތުރުކުމާއި ޙަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ހިމަނައިގެން އެކުލަވާލާފައިވާ ޕްލޭނެއްކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ