
އާސަހަރާ މަރާމާތު ކުރުމަށް ވަގުތީ ގޮތަށް ބަންދުކޮށްފި
އާސަހަރާ މަރާމާތު ކުރުމަށް ވަގުތީ ގޮތަށް ބަންދުކޮށްފި
ލިޔުން:
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަގުތީ ގޮތަށް ބަންދުކޮށް، ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ކަައުންސިލުން ބުނީ މާލޭގައި ހުންނަ އާސަހަރާ މަރާމާތުކޮށް، ބޮޑެތި ބަދަލުތަކެއް ގެންނަން ކައުންސިލުގެ އާންމު ޖަލްސާގައި ނިންމައި، އެ މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
އެ ތަނަށް ގެންނަން ބޭނުންވާ މުހިއްމު ބަދަލުތައް ކުރިޔަށް އޮތް ދެ މަސް ތެރޭގައި ނިންމޭނެ ކަމަަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ހަމައެއާއެކު އެ ދުވަސް ކޮޅުގެ ތެރޭގައި އެ މަސައްކަތާ ގުޅިގެން ކަށުކަމާކެމީގެ ކަންކަން އާސަހަރާގައި ކުރިއަށް ގެންދަން ދަތިވާނެތީ މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
އެގޮތުން، ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ނަމާދު ވަގުތުތައް ނޫން ވަގުތުތަކުގައި މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ. މާލެ ސިޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ އެތަން އަޕްގްރޭޑް ކުރާ އިރު އަންހެނުންނަށާއި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް ނަމާދު ކުރުމުގެ ޖާގަ އިތުރުކުރާނެ ކަމަށާއި މަޑުކޮށްލައިގެން ތިބޭ ޖާގަ (ވެއިޓިންގ އޭރިއާ) ގައި ހިތް ފަސޭހަ ކަމާއިއެކު ތިބެވޭ ގޮތަށް ހެދުމަށް ބޮޑަށް އިސްކަމެއްދޭނެ ކަމަށެވެ. އަދި ދެ ޖިންސު މަސްއުނި ނުވާނެހެން އަންހެން ފިރިހެން ވަކިން ތިބެވޭނެ އިންތިޒާމެއް ގާއިމްކުރުމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އަދި ހިނެވުމާއި އެމަކާއި ގުޅޭ ހިދުމަތްތައް ދޭޭ ސަރަހައްދަށް ވެސް ރަނގަޅު އަޕްގްރޭޑެއް ގެންނާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
