މާލެ: 31°C
އާސަހަރާގެ މަސައްކަތް ނިންމަން އާ ކުންފުންޏަކާ ހަވާލުކޮށްފި

އާސަހަރާގެ މަސައްކަތް ނިންމަން އާ ކުންފުންޏަކާ ހަވާލުކޮށްފި

May 19, 2024
3 ފަހަރު ބަލާފައި
އާސަހަރާގެ މަސައްކަތް ނިންމަން އާ ކުންފުންޏަކާ ހަވާލުކޮށްފި
އާ ސަހަރާގެ މަސައްކަތްތައް ނިންމަން އަނެއްކާވެސް އާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ އާ ސަހަރާގެ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމަން ހައިމަން ކޮންސްޓްރަކްޝަން ކުންފުންޏަށް 2.7 މިލިއަން ރުފިޔާއަށް ދީފައިވާ ކަމަށެވެ. ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތުގެ އެއްބަސްވުމުގައި، ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ. މި މަޝްރޫއަށް ފުރަތަމަ ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް، ކުރިން މަސައްކަތް ކުރި ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ ދިނުމަށް ފަހު މަސައްކަތް އެއްކޮށް ނުނިމެނީސް ކޮންޓްރެކްޓް ވަނީ ބާތިލުކޮށްފައެވެ. އާސަހަރާ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ދެފަންގި ފިލާއަށެވެ. އެގޮތުން، އެތަނުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމްވެސް ހުންނާނެ ކަމަށް މީގެ ކުރިން ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ ގޮތްވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އާސަހަރާ ބަންދުކޮށްފައިވާއިރު ކަށުކަމާކެމީގެ އެންމެހާ ކަމެއް މިހާރު ކުރަމުންދަނީ ހުޅުމާލޭ ސަހަރާގައެވެ. ނަމަވެސް ވާރޭ ވެހި ފެން ބޮޑުވެއްޖެ ހާލަތެއްގައި މަރުވާ މީހުން ވަޅުލަނީ ގަލޮޅޫ ސަހަރާގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ