މާލެ: 31°C

އަރްޖުން ކައިރީ ކައްކާކަށް ނުބުނާނަން: މަލައިކާ

އަރްޖުން ކައިރީ ކައްކާކަށް ނުބުނާނަން: މަލައިކާ
April 25, 2023
2 ފަހަރު ބަލާފައި
އަރްޖުން ކައިރީ ކައްކާކަށް ނުބުނާނަން: މަލައިކާ
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރު އެކުގައި އުޅޭތާ ދުވަސްކޮޅެއް ވެފައިވި ނަމަވެސް ދުވަހަކުވެސް އަރްޖުން ކައިރި ކައްކާކަށް ނުބުނެ ކަމަށް މަލައިކާ ބުނެފިއެވެ. މަލައިކާ މިހެން ބުނީ ދާދި ފަހުން އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުންނެވެ. އޭނާ ބުނީ އަރްޖުން އަށް އޭނާގެ ކެއްކުން ވަރަށް ކަމުދާ ކަމަށާއި ހުރިހާ ވަގުތެއްގައި ވެސް އަރްޖުންއަށް ކައްކައި ދެނީ އޭނާ ކަމަށެވެ. އަދި ދުވަހަކުވެސް އަރްޖުން އޭނާ އަށް ކައްކަދޭތޯ ސުވާލުކުރުމުން ބުނީ އަރްޖުންއަށް ކައްކަން ނޭނގޭ ކަމަށާއި އަރްޖުން ކައިރި ކައްކަން އެހުމުގެ މިސްޓޭކް ނުހަދާނެ ކަމަށެވެ. ކެއްކުމަށް ލޯބިކުރާާ މި ބަތަލާ، ހަށިގަނޑު ރީތިކޮށްބަހައްޓާ ފިޓްނެސްއަށް ސަމާލުކަންދިނުމުގެ އިތުރުން ސޯޝަލް މީޑިއާގައި ސިއްހަތަށް ފައިދާހުރި ރެސިޕީތައް ފޭނުންނާ ހިއްސާ ކުރެއެވެ. ލޮކްޑައުންގައި އެންމެން ގޭތެރޭގައި ތާށިވެފައި ތިބިއިރު، މަލައިކާ ގަވާއިދުން އޭނާގެ ކެއުމުގެ ތަޖުރިބާތަކުގެ ފޮޓޯ އާއި ވީޑިއޯ އާންމު ކުރަމުން ދިޔައެވެ. މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރު އެކުގައި އުޅޭތާ މިހާރު ފަސް އަހަރު ވެފައިވާއިރު، އެއީ ބޮލީވުޑްގައި އެންމެ ލޯބިން އުޅޭ ކަޕްލްސް ތަކުގެ ތެރެއިން ކަޕްލް އެކެވެ. އެގޮތުން މަލައިކާ ބުނީ އެ ދެ އެކްޓަރުންގެ އުމުރުގެ ތަފާތަށް ފާޑުކިއުމާއި ނަފްރަތުކުރާ މީހުން ގިނަ ނަމަވެސް ދުވަހަކުވެސް އެކަން މާ ބޮޑު ކަމަކަށް ނުހަދާ ކަމަށާއި، އެކަމުގެ ސަބަބުން ދެމީހުންގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އަދި އެކްޓަރު އަރްބާޒް ހާން އާއިއެކު 19 އަހަރު ދުވަހުގެ ކައިވެނި ނިންމާލި ބަތަލާ ވަނީ އަރްޖުން އާއި އޮންނަ ގުޅުން ދެން އޮތް ލެވެލްއަށް ގެންދަން ބޭނުންވާ ކަމަށް ހިއްސާކޮށްފައެވެ. ދިރިއުޅުމުގައި ހާލިސްކުރަން ބޭނުންވާ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްވެއްޖެ ކަމަށާއި ކުރިޔަށް އޮތް 30 އަހަރުގެ ތެރޭގައި އެގޮތުގައި ދެމިއޮންނަން ބޭނުންވާ ކަމަށް މަލައިކާ ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ