މާލެ: 31°C

އަރިދަފުސް ރޯގާ އާއި ކޮވިޑް އިތުރުވާތީ ސަމާލުވާން އެދިއްޖެ

އަރިދަފުސް ރޯގާ އާއި ކޮވިޑް އިތުރުވާތީ ސަމާލުވާން އެދިއްޖެ
April 12, 2023
2 ފަހަރު ބަލާފައި
އަރިދަފުސް ރޯގާ އާއި ކޮވިޑް އިތުރުވާތީ ސަމާލުވާން އެދިއްޖެ
އަރިދަފުސް ރޮގާ އާއި ކޮވިޑް 19 އިތުރުވަމުންދާތީ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވާތީ އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ކުރި އެއް އިލްތިމާސަކީ ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށާއި ބޫސްޓާޑޯޒް ޖަހަން ޝަރުތަުހަމަވާ މީހުން އެޑޯޒް ވެސް ޖަހަން ކުރި އިލްތިމާސެކެވެ. އަރިދަފުސް ރޯގާއާއި ކޮވިޑުން ރައްކާތެރިވުމަށްޓަކާ، ސައިބޯނި ލައިގެން ގިނައިން އަތްދޮވުމާއި ، ސެނިޓައިޒާ ބޭނުން ކުރުމާއި އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ވެސް އެ އެޖެންސީން އިލްތިމާސްކުރި އެވެ. [embed]https://twitter.com/HPA_MV/status/1646091728288641030?s=20[/embed] އެޗްޕީއޭއިން އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން ކޮވިޑް ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މާޗްމަހުގެ ފަހުކޮޅާ ޖެހެންދެން ހުރީ ތިނަކަށް ވުރެ ދަށުގަ އެވެ. އެ މުއްދަތުގެ ތެރޭގައި ، އެ ބަލި ޖެހިގެން އެއް ވަގުތެއްގައި އެޑްމިޓް ކުރި މީހުންގެ އަދަދު ތިނަކަށް އެރީ ވެސް އެންމެ ފަހަަރަކު އެވެ. އެއީ ޖެނުއަރީ މަހުގެ ފަހު ހަފްތާ ގަ އެވެ. ކޮވިޑްގައި އެޑްމިޓްކުރާ މީހުންގެ އަދަދު މާޗް މަހުގެ ފަހު ހަފުތާގައި އެކަމަކު ހުރީ 10 އަކުން މަތީގަ އެވެ. އެ ހަފުތާގައި އެއް ފަހަރާ އެޑްމިޓް ކުރި މީހުންގެ އަދަދު 17 އަށް އެރި ކަމަށް ވެސް ްއެޗްޕީއޭގެ ހިސާބުތަކުން އެނގެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ