މާލެ: 31°C

އެންޓި ސްކޭމް ސެންޓަރެއް: ހޮޓްލައިނަކީ 125

March 19, 2025
457 ފަހަރު ބަލާފައި
އެންޓި ސްކޭމް ސެންޓަރެއް: ހޮޓްލައިނަކީ 125
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކުރި "އެންޓި-ސްކޭމް ސެންޓަރު" އަށް މައްސަލަތައް ރިޕޯޓުކުރަން ހާއްސަ ކޯލް ސެންޓަރެއް ގާއިމުކޮށް، ހޮޓްލައިން ނަމްބަރެއް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކުރި "އެންޓި-ސްކޭމް ސެންޓަރު" އަށް މައްސަލަތައް ރިޕޯޓުކުރަން ހާއްސަ ކޯލް ސެންޓަރެއް ގާއިމުކޮށް، ހޮޓްލައިން ނަމްބަރެއް ހަމަޖައްސައިފި އެވެ.

 

ފުލުހުން ބުނީ އެ ހިދުމަތުގެ 2024-2028 ސްޓްރެޓީޖިކް ޕްލޭންގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހު އެންޓި-ސްކޭމް ސެންޓަރުގެ ނަމުގައި ހާއްސަ ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި އެހެނިހެން އިދާރާތަކާ އެކު ކުރަން ޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިއްޔެ ނިންމަވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހިދުމަތުން ބުނި ގޮތުގައި މި އާ ނިޒާމުގެ ދަށުން ސްކޭމްގެ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމުގަ އެވެ. މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓު ކުރެވޭ ވަގުތުން ފެށިގެން، މާލީ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ އަދި އެ އިދާރާތަކުން ލިބެން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށް ގެންދާނީ އެންޓި-ސްކޭމް ސެންޓަރުން ކަމުގަ އެވެ.

ނެޝަނަލް އިމަޖެންސީ ނަންބަރު 911 އާއި އެންޓި-ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެ ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ
ކޮންމެ ސަރަހައްދަކުން ވެސް ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓު ކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ