މާލެ: 31°C

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސަރުކާރު ސްކޫލް ތައް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އޭސީކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

January 22, 2025
203 ފަހަރު ބަލާފައި
އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސަރުކާރު ސްކޫލް ތައް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އޭސީކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސަރުކާރު ސްކޫލް ތައް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އޭސީކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސަރުކާރު ސްކޫލް ތައް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އޭސީކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ 11 ރަަށަކަށް ރައީސް ޑރ. މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ހޫނުގަދަ ރަށްތަކުގައި ސްކޫލްތައް ހުންނަން ޖެހޭނީ ފިނިކޮށް ކަމަށާއި، މި އަހަރުގެ ދެން އޮތް ތަނުގައި މި ރަށާއި، ހުޅުދުއްފާރާއި، ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ހުރިހާ ކްލާހެއް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެއްވާ ކަމަށެވެ.

މިހާރު ވަނީ އެކަން ފެށި، ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައި، މި އަހަރުގެ ދެން އޮތް ތަނުގައި މި ރަށާއި، ހުޅުދުއްފާރާއި، ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލް ތަކުގެ ހުރިހާ ކްލާހެއް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ސްކޫލްތައް އޭސީ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ