މާލެ: 31°C

އަންނަ މަހު ދެ ކޮމަންޑޫ ގުޅާލަނީ

އަންނަ މަހު ދެ ކޮމަންޑޫ ގުޅާލަނީ
July 8, 2023
2 ފަހަރު ބަލާފައި
އަންނަ މަހު ދެ ކޮމަންޑޫ ގުޅާލަނީ
ށ. ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭ އޯގަސްޓު މަހު ފައްޓާނެކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.  ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތުގެ ދަށުން އެމްޓީސީސީން މިހާރުވަނީ މަތި ކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ ތައްޔާރީތައް ފަށާފައެވެ. އެގޮތުން ހިއްކާ ސަރަޙައްދުގައި މިހާރު ވަނީ ބަންޑްވޯލް ޖަހާފައެވެ. އަދި މިމަހުގެ ފަހުކޮޅު ހިއްކަން ފެށުމަށް އެމްޓީސީގެ ޖައްރާފާ ކޮމަންޑޫއަށް  ގެންދާނެ ކަމަށް  އެކުންފުނިން ބުނެފައިވެއެވެ. [embed]https://twitter.com/MTCCPlc/status/1677355533442101248[/embed]

ދެ ކޮމަންޑޫ ބްރިޖަކުން ގުޅާލުމަކީ ރައިސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ޖުމުލަ 249 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ދެ އަހަރު ތެރޭގައި ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

މަތިކޮމަންޑޫ ބިން ހިއްކާ ނިމުމުން އެ ރަށާ އެއްފަޅެއްގައި އޮންނަ ކޮމަންޑޫއާ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ގުޅާލާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ