މާލެ: 31°C
އަންނަ ހުކުރުދުވަހުން ފެށިގެން އެއާ އެމްބިއުލާންސް ބޭނުންކުރަން ފަށަނީ

އަންނަ ހުކުރުދުވަހުން ފެށިގެން އެއާ އެމްބިއުލާންސް ބޭނުންކުރަން ފަށަނީ

February 28, 2024
2 ފަހަރު ބަލާފައި
އަންނަ ހުކުރުދުވަހުން ފެށިގެން އެއާ އެމްބިއުލާންސް ބޭނުންކުރަން ފަށަނީ
އަންނަ ހުކުރުދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ބޭނުން ކުރަން ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުއިއްޒު މަނަދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެމަނިކްފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަމިއްލަ ގައުމުގެ ގާބިލުކަން އިތުރުކުރުން ކަމަށާއި، މިގޮތުން ސަރުކާރުން ވައުދުވީގޮތަށް އަންނަ ހުކުރުދުވަހުން ފެށިގެން އެއާ އެމްބިއުލާންސް ބޭނުންކުރަން ފަށާނޭ ކަމަށެވެ. މިއީ އަމިއްލަ މިނިވަންކަން ހަގީގީ މާނައިގަ ލިބުމުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ބަލިމީހުން މަތިންދާ ބޯޓުތަކުގައި އުފުލުމުގެ ކަންކަމުގައި އުޅޭނީ ގައުމީ އެއާލައިންކަމަށެވެ. "ރާއްޖޭގެ ކޮންމެ އެއާޕޯޓަކުންވެސް ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދެވޭނެ ބޯޓެއް އޮންނާލީ. ލަންކާ އާ ހިސާބަށް ދާންޖެހުނަސް ގެންދެވޭނެ. އަދި އެތަނުގައި މަޑުކޮށްފަ ތެއޮ އަޅައިގެން އެހެންތަނަކަށް ދާންޖެހުނަސް ދެވޭނެ" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެއްގެ އިތުރުން މޫދަށް ޖައްސާ ބޯޓެއްވެސް ބޭނުންކުރުމަށް  ނިންމާފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި ސީޕްލޭން ބޭނުންކުރެވުމުން އެއާޕޯޓް ނެތްނަމަވެސް ރާއްޖޭގެ ކޮންމެ ރަށަކަށް ދިއުމުގެ މަގުފަހިވެގެންދާނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. https://twitter.com/MaldivianAero/status/1762830788595446186 އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ގެންނަން ޖެހޭ ބޯޓުތައް ގެނެސް ނިމިފައިވާއިރު، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑޭޝް 8 މަރުކާގެ ބޯޓުގެ އެތެރޭ ޑިޒައިން ބަދަލުކުރުމުގެ ކަން ކަން މިހާރު ވަނީ ގާތްގަނޑަކަޑް ނިމިފައެވެ. ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ