
އަންނަ ބޮޑުއީދު ބަންދުގައި ފެމިލީ ކޯޓުން ކައިވެންޏެއް ނުކޮށްދޭނެ
އަންނަ ބޮޑުއީދު ބަންދުގައި ފެމިލީ ކޯޓުން ކައިވެންޏެއް ނުކޮށްދޭނެ
ލިޔުން:
އަންނަ އަހަރު ބޮޑުއީދުގެ ބަންދުދުވަސްތަކުގައި ކައިވެނި ފެމިލީ ކޯޓުން ކައިވެނި ނުކޮށްދޭނެ ކަމަށް އެކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އަދި 28 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ފުރަަމަ ދުވަހާ ހަމައަށް އެކޯޓުން ކައިވެނިކޮށް ނުދޭނެ ކަމަށެވެ.
އަންނަ އަހަރު އެކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް ވެސް އެ އިއުލާނުގައި އެބަ އޮތެވެ. އެ އިއުލާނުގައިވާ ގޮތުން ރަސްމީގަޑީގައި ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 1:00 އިން 1:30 އަށް އަންނަ އަހަރު އެކޯޓުގައި ކައިވެނިކޮށްދޭނެ އެވެ. ނުރަސްމީ ގަޑީގައި އަދި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.
ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ދުވަސްތަކާއި ގަޑިތައް މިގޮތަށް ކަނޑައެޅި ނަމަވެސް ރަށް ރަށުގެ މެޖިސްޓްރޭޓް ކޯޓު ތަކުން މިނޫން ދުވަސްތަކާއި ގަޑިތަކުގައި ވެސް ކައިވެނިކޮށްދޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
