
އަންނަ އަހަރުގެ ކިޔެވުން ފެށޭ އިރު އަރަބިއްޔާގެ އާ އިމާރާތް ހުޅުވޭނެ: މިނިސްޓަރު
އަންނަ އަހަރުގެ ކިޔެވުން ފެށޭ އިރު އަރަބިއްޔާގެ އާ އިމާރާތް ހުޅުވޭނެ: މިނިސްޓަރު
ލިޔުން:
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާ އިރު އެ އިމާރާތް ބޭނުންކުރަން ފެށޭނެ ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީޒުންނާ ސުވާލުކުރުމުގެ ވަގުތުގައި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ އިމާރާތުގެ ކޮންސެޕްޓް ކުރެހުން މިހާރު ފައިނަލްކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ތަފްސީލީ ކުރެހުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި އެހެން ނަމަވެސް އޭގެ ކުރިން، މިއަދުގެ ވަގުތެއްގައި އެތަނުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދުގެ ވަގުތެއްގައި އަސްލު އަމަލީ މަސައްކަތް، ބާ ޖަމާލުއްދީން ހުރި ތަނުގައި ކުރަން ފަށާނެ. ދެން ސްކޫލް [އަރަބިއްޔާ ސްކޫލް] ހުޅުވޭނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ މިހާރު އޮތް ވޯކް ޝެޑިއުލްއާ އެއްގޮތަށް ދާ ކަމަށް ވެއްޖެއްޔާ 2024 ވަނަ އަހަރު ދިރާސީ އާ އަހަރު [ފެށޭ އިރު]،" ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 168.5 މިލިޔަން ރުފިޔާގެ އަގަކަށެވެ.
އަރަބިއްޔާ ސްކޫލަށް އާ އިމާރާތެއް އަޅަން ޖެހުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ބިނާކުރި އެ ސްކޫލުގެ އިމާރާތުގައި ރެނދުލައި، ހަލާކުވެ ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ. އެ ސްކޫލުގެ ދަރިވަަރުން މިހާރު ކިޔަވަމުން އަންނަނީ ފޮރިން މިނިސްޓްރީ މަރާމާތުކުރުމަށް ޓަކައި އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަން އެޅި ވަގުތީ އިމާރާތެއްގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
