މާލެ: 31°C

އަންނަ އަހަރުގެ ޖުލައިގެ ކުރިން 4000 ފުލެޓް ނިންމައި އެފްޑީސީއާއި ޙަވާލުކުރާނެ: ހަމްދާން ޝަކީލް

އަންނަ އަހަރުގެ ޖުލައިގެ ކުރިން 4000 ފުލެޓް ނިންމައި އެފްޑީސީއާއި ޙަވާލުކުރާނެ: ހަމްދާން ޝަކީލް
September 10, 2024
2 ފަހަރު ބަލާފައި
އަންނަ އަހަރުގެ ޖުލައިގެ ކުރިން 4000 ފުލެޓް ނިންމައި އެފްޑީސީއާއި ޙަވާލުކުރާނެ: ހަމްދާން ޝަކީލް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެވިއެވެ.

ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދޫން ޝަކީލު އޮންލައިން ނޫސް "އަވަސް" އާ ހިއްސާކުރައްވާފައިވާ މައުޅުމާތުގައި ވިދާޅުވެފައިވަނީ  ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަން ހަމަޖެހިފައިވާ 32 ޓަވަރުގެ ތެރެއިން 24 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އެ ނޫހައް ދެއްވާފައިވާ މައުލޫމާތުގައި އިތުރަށް ވިދާޅުވެފައިވަނީ ކޭޕީއައިއެލްއާ ހަވާލުކޮށްގެން މަސައްކަތްކުރާ ޓަވަރުތަކުގެ ތެރެއިން އަށް ޓަވަރެއް މި މަހުގެ ތެރޭގައި އެފްޑީސީ އާއި ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި އަަދި އިތުުރު ފަސް ޓަވަރު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެ ކޯޕަރޭޝަނާ ހަވާލުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި އެންބީސީސީ އާއި  އަޅަން ހަވާލުކޮށްފައިވާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއް މި އަހަރުގެ ތެރޭގައި އެފްޑީސީއާއި ހަވާލުކުރެވޭނެ ކަމަށާއި ބާކީ ހުރި ޓަވަރުތައް އަންނަ އަހަރު ހަވާލުކޮށް ނިމޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އެ ކުންފުނިން އިމާރާތްކުރާ އެންމެ ފަހު ޓަވަރު އަންނަ ޖުލައި މަހުގެ ކުރިން ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ