މާލެ: 31°C

އަންނަ އަހަރު މުޅި ރާއްޖެ އަށް ފެރީގެ ހިދުމަތް

އަންނަ އަހަރު މުޅި ރާއްޖެ އަށް ފެރީގެ ހިދުމަތް
May 28, 2023
3 ފަހަރު ބަލާފައި
އަންނަ އަހަރު މުޅި ރާއްޖެ އަށް ފެރީގެ ހިދުމަތް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ދެމުން އަންނަ ފެރީގެ ހިދުމަތުން އަންނަ އަހަރު މުޅި ރާއްޖެ ގުޅުވައިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އަސްލަމް މިހެން ވިދަޅުވީ، ރައީސް އަރިހުގައި ފ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަމުން އަންނަ ދުރާލައި ރާވައި، ވަރަށް ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން، އަދި ކުރަން އުޅެނީ ކޮން ކަމެއްތޯ ރަނގަޅަށް އެނގިގެން ކަމަށެވެ. އަދި މިސަރުކާރު ބަދަލުވުމާ އެކު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ރާއްޖެ އޮންނަންވާ ގޮތުގެ ތަސައްވަރެއް ކުރެހުން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވިދާޅުވި ގޮތުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށިތާ މިހާރު އަހަރެެއްވެފައިވާ އިރު، ދެން އެންމެ އަވަހަށް އެ ހިދުނަތް ތައާރަފުކުރާނީ ހުވަދު އަތޮޅުގަ އެވެ. އެއީ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މުޅި ދެކުނު ފެރީން ގުޅައިލާނެ އެވެ. އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ހއ. އާއި ހދ. އާއި ށ. އަތޮޅުގަ އެެވ. އޭގެ ފަހުން މިހާރު އި ޅ. އަތޮޅުގައި ވެސް އަންނަނީ ހިދުމަތް ދެމުންނެވެ. މި ހިދުމަތް ފޯރުކޮށް ދޭން ނިންމާފައި އޮތީ ޒޯންތަކަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއް ގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅެވެ. ދެވަނަ އާއި ތިން ވަނަ ފިޔަވަހީގެ ޒޯން ދޭއްގައި ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭއިރު ޒޯން ތިނެއްގައި ހިމެނެނީ ކ. އއ. އދ. އަދި ވ. އަތޮޅެވެ. ޒޯން ހަތަރެއްގައި މ، ފ، ދ، ތ އަދި ލ ހިމެނޭއިރު، ޒޯން ފަހެއްގައި ހިމެނެނީ ގއ އަދި ގދ އަތޮޅެވެ ޒޯން ހައެއްގައި އައްޑު އާއި ފުވައްމުލަކެވެ. "މުޅި ރާއްޖެ 2024 ވަނަ އަހަރުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވޭނެ" އަސްލަމް ވިދާޅުވިއެވެ. އާރްޓީއެލް ފެރީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އާރްޓިއެލް އިން އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ