މާލެ: 31°C

އަނިޔާކުރި ފިރިމީހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ އަނބިމީހާ މައްސަލަ ދޫކޮށްލުމުން

އަނިޔާކުރި ފިރިމީހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ އަނބިމީހާ މައްސަލަ ދޫކޮށްލުމުން
May 28, 2023
2 ފަހަރު ބަލާފައި
އަނިޔާކުރި ފިރިމީހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ އަނބިމީހާ މައްސަލަ ދޫކޮށްލުމުން

އަނބިމީހާއަށް އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިއާ މީހާ ދޫކޮށްލައިފި އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހުސެއިން ސަޔެދު އަބްރާރް ހުސައިން (53އ) ކްރިމިނަލް ކޯޓުން ދޫކޮށްލީ އިއްޔެ އެވެ. އޭނާ ބަންދުން ދޫކޮށްލިއިރު ޕާސްޕޯޓް ހިފަހައްޓަން ވަނީ އަމުރެއް ނެރެފަ އެވެ. މަންމަ އަށް ދޮންބައްބަ އަނިޔާކުރި މަންޒަރު އަންހެންމީހާގެ ދަރިންނަށް ފެނިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި ފުލުހުން ވަނީ، އަނިޔާ ލިބުނު މީހާގެ ބަޔާނާއި އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތައް ވެސް ފުރަތަމަ ބަންދުގެ މަޖިލީހުގައި ހުށަހަޅާފަ އެވެ.

ނަމަ ވެސް އޭނާ ބަންދުން ދޫކޮށްލީ މައްސަލައިގައި އަނިޔާ ލިބުނު އަނެހެން މީހާ މައްސަލަ ދޫކޮށް މައްސަލާގައި އިތުރަށް ކުރިއަށް ދާން ބޭނުންނުވުމުންނެވެ.

"[އޭނާގެ އަންހެނުން] މައްސަލައިގައި އިތުރަަށް ކުރިއަށް ދާން ބޭނުން ނުވާތީ، މީނާ ބަންދުން ދޫކޮށްލަން ނިންމީ އެވެ،" ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައިވެ އެވެ.
އެ މީހާ، އޭނާގެ އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މި މަހުގެ ކުރީކޮޅުގަ އެވެ. އޭނާ ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް ކުރިން ކޯޓުން ދީފައިވާ 15 ދުވަސް ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.

އުމުރުން 53 އަހަރުގެ ސަޔެދުގެ މައްޗަށް ގެވެށި އަނިޔާއާއި މާރާމާރީއާއި ބިރުދެއްކުމާއި އިންޒާރު ދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ