
އަންހެނުންގެ ފިކުރަކީ މުހިންމު އެއްޗެއްކަން ޖޭޕީން އަންގައިދީފި: ޑެޕިއުޓީ ލީޑަރު ނަހުލާ
އަންހެނުންގެ ފިކުރަކީ މުހިންމު އެއްޗެއްކަން ޖޭޕީން އަންގައިދީފި: ޑެޕިއުޓީ ލީޑަރު ނަހުލާ
ލިޔުން:
އަންހެނުންގެ ފިކުރަކީ މުހިންމު އެއްޗެއްކަން ޖޭޕީން އަންގައިދީފިކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވުމަށްފަހު ޤައުމީ ކޮންފަރެންސް ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިއަދު މި ފެންނަނީ މިންތީގެ ހަމަހަމަކަމަށް ޖޭޕީން އިސްކަންދޭ މިންވަރު ކަމަށާއި ޖޭޕީގެ އިސް ސަފުގައި ހުރެ، އަންހެނުން ބާރުވެރިކުރުވަން އިސްކަން ދޭނެކަމުގެ ޔަގީންކަން އަރުވަވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލްކުރާ ހިތް އޮތީ އަޅުގަނޑާއި ތިޔަ ހަވާލު ކުރެއްވީ މަގާމަކަށް ވުރެ ބޮޑަށް ޒިންމާއެކޭ. ލޮބުވެތި މެމްބަރުން އަޅުގަނޑަށް ތިޔަ ކުރެއްވި އިތުބާރާއި އެކު ތިޔަ މަތި ކުރެއްވި ޒިންމާ ޒިންމާދާރު ކަމާއިއެކު އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ވާދަވެރި އިންތިހާބަކަށް ފަހު ކާމިޔާބު ހޯއްދެވި އެންމެހާ މެމްބަރުންގެ އެންމެ މުހިންމު މަގްސަދަކަށްވާންވާނީ އެކަކުވެސް ބާކީ ނުކޮށް އެންމެން އެއް ރޫހެއްގައި އެކުގައި މަސައްކަތް ކުރުން." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ނައިބު ލީޑަރުކަމުގެ މަގާމަށް ޖުމްލަ 12 ބޭފުޅަކު ވާދަކުރެއްވި އެވެ. އެންމެ ގިނަ ވޯޓް ހޯއްދަވައިގެން އިންތިހާބުވީ ނަހުލާއެވެ. އެއީ 558 ވޯޓާއެކުގައެވެ. އެންގެ ގާތުން ވާދަކުރެއްވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމަށް ލިބިވަޑައިގެންނެވީ 327 ވޯޓެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
