
އަންހެނުންގެ ދުވަސް ފާހަގަކުރަން އެމްޑީޕީއިން ހާއްސަ ޖަލްސާއެއް ބާއްވަނީ
އަންހެނުންގެ ދުވަސް ފާހަގަކުރަން އެމްޑީޕީއިން ހާއްސަ ޖަލްސާއެއް ބާއްވަނީ
ލިޔުން:
މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުރުމަށްޓަކާ އެމްޑީޕީ އިން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އާޓިފިޝަލް ބީޗްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި މާދަމާ ހަވީރު 16:00 ގައެވެ.
މި ޖަލްސާއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޖަލްސާގައި ވީހާ ވެސް ގިނަ އަންހެނުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދުނިޔޭގެ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާޗް 8 އެވެ. މިދުވަސް ފާހަގަ ކުރުމަށްޓަކާ، އެމްޑީޕީއިން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ އިރު، މިދުވަހަކީ ރާއްޖޭގައި އެކި ގޮތްގޮތަށް ފާހަގަކުރާ ދުވަހެކެވެ. އެގޮތުން، އޮފީސްތަކުގައި ހާއްސަ ހަފްލާތައް ބޭއްވުމާއި ޖަލްސާތައް ބޭއްވުން ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
