މާލެ: 31°C
އަންހެނުންގެ ބާރުވެރިކަން އިތުރުކުރުވާ، އިހްލާސްތެރި މެންބަރަކަށް ނަހުލާ ވާނެ: ގާސިމް

އަންހެނުންގެ ބާރުވެރިކަން އިތުރުކުރުވާ، އިހްލާސްތެރި މެންބަރަކަށް ނަހުލާ ވާނެ: ގާސިމް

January 27, 2024
4 ފަހަރު ބަލާފައި
އަންހެނުންގެ ބާރުވެރިކަން އިތުރުކުރުވާ، އިހްލާސްތެރި މެންބަރަކަށް ނަހުލާ ވާނެ: ގާސިމް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އެޕާޓީގެ ނައިބު ލީޑަރު، އައިޝަތް ނަހުލާ އަކީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުވާ، ރައްޔިތުންނަށް އިހްލާސްތެެރި މެންބަރަކަށް ވާނެ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ އިންތިހާބައި ނަހުލާ ޖޭޕީގެ ޓިކެޓުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރަން ނިންމާފައިވާ ކަމަށް މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ގާސިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ނަހްލާ ވާދަކުރައްވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް މަދަނީ، އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް ފުރުސަތުތައް ފަހިކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. "ޤާނޫން ހަދާ މަޖިލީހަކީ، އެމަޖިލީހަކަށް ތަޖުރިބާއާއި ހިކުމަތްތެރި، ވިސްނުންތެރި އަމާނާތްތެރިން އިންތިހާބު ކުރާން ޖެހޭ ތަނެކެވެ." ގާސިމް ވިދާޅުވެފައިވެއެވެ. https://twitter.com/qasimibrahim/status/1750916225281253791 ގާސިމް އިތުރަށް ވިދާޅުވީ ދާއިރާއާއި ދިވެހި ގައުމުގެ އެންމެހާ ރައްޔިތުންނަށް އިހްލާސްތެރި، ވަފާތެރި މެންބަރެއްކަމުގައި ނަހުލާ ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑު އެދެނީ ހުޅުމާލޭ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އަޅުގަނޑުމެންގެ ކެނޑިޑޭޓަށް ލިބިގެން ދިއުމެވެ." އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗް މަހުގެ 17 ގައެވެ. އެއީ ރޯދަމަހުގެ ފުރަތަމަ ހަފްތާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ