މާލެ: 31°C

އަންހެނުންގެ ޕްރެކްޓިސް ޕާލިމަންޓް 2023 ހުޅުވައިފި

February 12, 2023
2 ފަހަރު ބަލާފައި
އަންހެނުންގެ ޕްރެކްޓިސް ޕާލިމަންޓް 2023 ހުޅުވައިފި
އަންހެނުންގެ ޕްރެކްޓިސް ޕާލިމަންޓް 2023 ހުޅުވައިފި
ކޮންމެ އަހަރަކުވެސް ބާއްވާ ޕްރެކްޓިސް ޕާލްމެންޓް ފޯރ ވިމެންގެ މިއަހަރުގެ ފުރަތަމަ ބެޗު މިއަދު ހުޅުވައިފިއެވެ. ކޮންމެ އަހަރަކު ބާއްވާ މި ފޯރަމް އަކީ އަންހެނުން ޑިމޮކްރެޓިކް މަރުހަލާތަކުގައި އަހުލުވެރި ކުރުވަން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. 25 އަހަރުން މަތީގެ ކޮންމެ އަންހެނަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިގެންދިޔަ މި ހަރަކާތުގައި ރާއްޖޭ އެކިކަންކޮޅުތަކުން 39 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިއްވަރުދީ ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމުގެ ގޮތުން އޮސްޓްރޭލިއާގެ ޑިޕާޓުމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް އަދި ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ޕްރެކްޓްސް ޕާލަމެންޓް ފޯރ ވިމެން ހަރަކާތް މަޖިލީހުން މިދިޔަ ދެ އަހަރު ވެސް ކުރިއަށް ގެންގޮސްފައި އެވެ. އެހަރަކާތުގައި މިދިޔަ ދެ އަހަރު 116 އަންހެނުންނާއި ހާއްސައެހީއަށް ބޭނުންވާ 21 ފަރާތަކުން ބައިވެރިވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ