މާލެ: 31°C

އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

February 18, 2025
89 ފަހަރު ބަލާފައި
އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދޭން ފާސްކޮށްފި
ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުން ލާޒިމުވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި ބިލުގައިވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ކޮމިޓީގެ މެންބަރުންނަށް ދޭން ޖެހޭނެ ކަމަށެވެ.

ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ ފައިސާއަކީ އިނާޔަތެއް ގޮތުގައި ބަޔާންކޮށްފައި އޮންނާތީ ރޯދަ އިނާޔަތް މީގެ ކުރިން ނުދެ އެވެ. އެއީ ވަޒީފާގެ ގާނޫނުގައި އޮންނަނީ ރޯދަ މަހުގެ އިނާޔަތެއް ގޮތަށް 3،000 ރުފިޔާ ދޭން ޖެހެނީ މުސާރައަށް މަސައްކަތްކުރާ ފުލް ޓައިމް މުވައްޒަފުންނަށް ކަމެވެ.

މި ފެށޭ ރޯދަ މަހުން ފެށިގެން އަންހެނުންގެ ކޮމިޓީއަށް ރޯދަ އެލަވެންސް ހަމަޖައްސައިދެއްވާނެ ކަމަށް ހުސްވި ޑިސެމްބަރު މަހު އދ. ދަނގެތީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ