
އަންހެނަކު ރަހީނު ކުރި މީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެނީ
އަންހެނަކު ރަހީނު ކުރި މީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެނީ
ލިޔުން:
މާލޭގައި އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި، ފުލުހުންނަށް އިންޒާރު ދިން މީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމަށް މަސައްކަތްކުރީ ށ. މިލަންދޫ، ހެޕީލޭންޑް އަހުމަދު އަތުހަރު ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ، އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އަދި ދިިރި ދުނިޔޭގައި ހުރި ކަމަށް ޑަކުޓަރުން ބުނާ ކަމަށެވެ.
ފުލުހުން ބުނީ، މިދިޔަ ބުރާސްފަތިދުވަހުގެ ރޭ މާލޭގެ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު އަންހެނަކު ބަންދުކޮށްގެން އަނިޔާކުރާކަށް ބުނެ ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވިކަމަށެވެ. އަދި އަންހެން މީހާ ސަލާމަތްކުރަން ފުލުހުން މަސައްކަތްކުރުމުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލެއްގައި އަރުވައިގެން ފިލަން އުޅުމުން ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ސަލާމަތްކޮށްފައިވާކަމަށެވެ. މިހާދިސާއަށްފަހު އަންހެން މީހާއާއި ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، މާބޮޑު އަނިޔާތަކެއް ނުލިބޭތީ ދެ މީހުންވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ.
ފުލުހުން ބުނީ، މިމައްސަލައިގައި ހިމެނޭ އަހުމަދު އަތުހަރު ޑޮކްޓަރަށް ދައްކާ މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓްތައް ރަނގަޅުކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. އަދި ސައިކެޓްރިސްޓަކަށާއި، ނާރުގެ ހާއްސަ ޑޮކްޓަރަކަށްވެސް އޭނާ ދައްކާފައިވާ ކަމަށާއި އެޑޮކްޓަރުން ވެސް އެއްވެސް މައްސަލައެއް ނެތްކަމަށާއި، އޭނާ ރަނގަޅުކަމަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދެއްވާފައި ނުވާ ކަމަށާއި، ފިޓް ޖެހުނު ކަމަށްވެސް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިއުމެއްގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
