
އަންހެނަކަށް އަނިޔާކޮށް މަރުގެ އިންޒާރު ދިން ފުލުސް މީހާގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
އަންހެނަކަށް އަނިޔާކޮށް މަރުގެ އިންޒާރު ދިން ފުލުސް މީހާގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ލިޔުން:
ކުރިން ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖަކަށް އަނިޔާކޮށް މަރުގެ އިންޒާރު ދިން ފުލުހެއްގެ މައްސަލައިގެ ތަހުގީގު ނިންމާ އެމީހާއަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން އެ މައްސަލަ ހުށައެޅި ފަރާތަށް ފޮނުވާފައިވާ ލިޔުމުގައި ވާ ގޮތުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.
އެހެން ނަމަވެސް މިނިވަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ އަކީ މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އަންހެނަކު ފުލުހުންގެ ސީނިއަރ މަގާމެއްގައި ހުރި މީހަކާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލައެކެވެ.
މައްސަލަ ހުށައެޅިތާ 6 މަސް ވެފައިވާއިރު އެ މައްސަލައިގެ އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ބުނެ އެ މައްސަލަ ހުށައެޅިފަރާތުން ސޯޝަލް މީޑިއާގައި އެވާހަކަ ލިޔެ އާންމުކުރުމުން ރާއްޖޭގެ ނޫސްތަކުންވެސް އެ މަސައްސަލަ ކަވަރ ކޮށްފައިވެއެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ މައްސަލަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ބައެއް މީޑިއާ ތަކުން ސުވާލު ކުރުމުން ފުލުހުން އޭރު ބުނެފައިވަނީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން ދާކަމަށެވެ.
އެހެން ނަމަވެސް މައްސަލަ ހުށަހެޅި ފަރާތައް މިދިޔަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހު ފުލުހުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ މައްސަލާގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އަނިޔާކޮށް މަރުގެ އިންޒާރު ދިން މައްސަލައިގައި ފުލުސްމީހާއަށް ދައުވާ ކުރަން ފޮނުވިޔަސް އެމީހާ އަށް ފުލުހުން އަދި މިހާ ތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
