މާލެ: 31°C

ވައުދުފުޅާ އެއްގޮތަށް އަނގޮޅިތީމުގެ ތަރައްޤީގެ ކަންކަން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

January 21, 2025
144 ފަހަރު ބަލާފައި
ވައުދުފުޅާ އެއްގޮތަށް އަނގޮޅިތީމުގެ ތަރައްޤީގެ ކަންކަން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އަނގޮޅިތީމަށް ތަރައްޤީ ގެންނަވާނެ ކަމަށާއި، ބަނދަރުގެ މައްސަލަތައް ޙައްލުކޮށް، އެރަށުގައި މޫދަށް އެރޭ ސަރަޙައްދަކާއެކު ޓީ ޖެޓީއެއް ވެސް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އަނގޮޅިތީމަށް ތަރައްޤީ ގެންނަވާނެ ކަމަށާއި، ބަނދަރުގެ މައްސަލަތައް ޙައްލުކޮށް، އެރަށުގައި މޫދަށް އެރޭ ސަރަޙައްދަކާއެކު ޓީ ޖެޓީއެއް ވެސް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އަޅުގަނޑު ބޭނުން ވަރަށް އަވަހަށް ކަންކަން ހިނގައިގަންނަން. ކައުންސިލްތަކާ މުއައްސަސާތަކާ ވަޒީރުންނާ ދިމާވެ މައްސަލަތައް ހައްލުވެ ނަތީޖާ ނެރެން އަޅުގަނޑު ބޭނުންވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި. ސަރުކާރުގައި ވަރަށް ގިނައިން ހިނގާކަމެއް ސިޓީބިޓީ ބަދަލުކޮށް ލަސްތަކެއްވުން. އެހެންކަމުން އަޅުގަނޑު ބޭނުން ރަށްރަށަށްގޮސް އަވަހަށް މަޝްރޫޢުތައް ހިންގަން. ބަނދަރު މަސައްކަތްވެސް ހުއްޓި އެންމެފަހުން ނެރުފައިކަށި ހަދަންޖެހިފަ މިއޮތީ މިރަށުގައިވެސް. ބަނދަރާ މޫދަށް އެރޭ ސަރަހައްދަކާއެކު އަޅުގަނޑު ވަޢުދުވީގޮތަށް ކުރިއަށް ގެންދާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ސިއްޙީ އަދި ތަޢުލީމީ މައްސަލަތައް ޙައްލުކުރުމަށް މިއަހަރުގެ ބަޖެޓުގައި އިސްކަންދެއްވާކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަނގޮޅިތީމު ސުކޫލުގެ ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލާއި އެނޫން ވެސް ވަސީލަތްތައް ޤާއިމް ކުރައްވައި، އެރަށު ސިއްޙީ މަރުކަޒުގެ ކޮންސިއުމަބަލްސް ހުސްނުވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުން ފަށާފައިވާ ރަނގަޅު ފެންވަރުގެ ބޭސް ބަލްކުކޮށް ގެނައުމުގެ މަސައްކަތާ އެއްގޮތަށް ރަނގަޅު ފެންވަރުގެ ސިއްޙީ ވަސީލަތްތައް ވެސް ބަލްކު ޕްރޮކިއުމަންޓްކޮށް ގެނެސް، ރަށްރަށަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއްފަހަރުން ތަންކޮޅެއް ބޮޑު ޚަރަދެއް ހިނގިއަސް މުސްތަގުބަލަށް ބަލާއިރު ޚަރަދު ކުޑަވާނެ. އަދި އެންމެ ކޮލިޓީ ތަކެތި ހަރުކުރުމަށް ނިންމާފަ އެވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ލިބޭނެގޮތަށް. އެ ސިޔާސަތުގެ ދަށުން މިރަށަށްވެސް އެކަން ހައްލުވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަނގޮޅިތީމުގެ ފެނާ ނަރުދަމާ ނިމުނުހާއަވަހަށް މަގުތައްވެސް ތަރައްޤީކުރުން ކުރިއަށްގެންދަވާނެކަމަށެވެ. އަދި ޒުވާނުންނާއި އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުޅިވަރުގެ ވަސީލަތްތައް ބޭނުންވާކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުން ކުރއަށްދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހުއްޓިފައިވާ ކުޅިވަރުގެ މަޝްރޫޢުތަކާއި، އައު މަޝްރޫޢުތައް މިއަހަރާއި އަންނަ އަހަރު ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ