މާލެ: 31°C

އަނެއްކާވެސް އިތުރަށް ޖަމާކުރެވިއްޖެ، މިފަހަރު އުމުރުން ދުވަސްވީ މީހުންގެ ފެންޝަން ފައިސާ!

އަނެއްކާވެސް އިތުރަށް ޖަމާކުރެވިއްޖެ، މިފަހަރު އުމުރުން ދުވަސްވީ މީހުންގެ ފެންޝަން ފައިސާ!
August 28, 2024
2 ފަހަރު ބަލާފައި
އަނެއްކާވެސް އިތުރަށް ޖަމާކުރެވިއްޖެ، މިފަހަރު އުމުރުން ދުވަސްވީ މީހުންގެ ފެންޝަން ފައިސާ!
65 އަހަރުން މަތީގެ ބޭފުޅުންނަށް ދެމުންގެންދާ 5000 ރުފިޔާގެ އެލަވަންސް މިމަހު ޖަމާކުރިއިރު ބައެއް ބޭފުޅުންގެ އެކައުންޓަށް އިތުރަށް ޖަމާކޮށްފިއެވެ.
ޕެންޝަންގެ ގޮތުގައި ލިބޭ 5،000 ރުފިޔާގެ ބަދަލުގައި ބައެއް މީހުންގެ އެކައުންޓަށް މިއަދުވަނީ 15،000 ރުފިޔާ ޖަމާވެފައެވެ. މި ފައިސާ ރިވާސް ކުރުމުގެ މަސައްކަތް ބީއެމްއެލް އަންނަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން ޕެންޝަން އޮފީހުން ބުނެފައިވަނީ އިތުރަށް ބައެއް މީހުންގެ އެކައުންޓަށް އެލަވަންސް ޖަމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަށާއި އެކަން ރަނގަޅުކުރުމަށް ބޭންކުން މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ. މިދިޔަ މަހުގެ މުސާރަ ޖަމާކުރި އިރު ލިލީ ބީޗް ރިސޯޓުގެ މުވައްޒަފުންގެ މުސާރަައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އެމައްސަލާގައި އޮންލައިން ބޭންކިންގެ ހިދުމަތް މެދުކަނޑާލައި އެ ފައިސާ އަލުން ވަނީ އަނބުރާ ނަގާފައެވެ. އަދި އެކަން ދިމާވި ސަބަބު ބެލުމަށް ރައްޔިތުންގެ މަޖިޅުހުންވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ