މާލެ: 31°C

އަނެއްކާވެސް ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

January 30, 2025
217 ފަހަރު ބަލާފައި
އަނެއްކާވެސް ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަނެއްކާވެސް ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

އަނެއްކާވެސް ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ރޭ ދަންވަރު 2:50 ހާއިރު މާފަންނު މަދްރަސާ ކާއިރީގައި ހުންނަ، އެ ކުންފުނީގެ ޓްރާންސްފޯމަރަށް ވައްކަން ކުރަން މީހަކު ވަންނަތަން އެ ކުންފުނީގެ ސީސީޓީވީ ކެމެރާއިން ފެނުމާއެކު އެކަން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުން އެތަނަށް ގޮސް އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިތުރަށް އެ ކުންފުނިން ބުނެފައިވަނީ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި މި ކުންފުނީގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށްވަދެ، ވައްކަމުގެ ޢަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ ފަރާތް ވަނީ ހައްޔަރުކުރެވިފައި. މި ކުންފުނީގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓަރ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ދިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވޭ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން. އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރަން." ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި ވަށްކޮށްގެން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ