މާލެ: 31°C

އަނެއްކާ ވެސް އެޗްޑީސީގެ ނަމުގައި ލިންކްތައް ފޮނުވާތީ ސަމާލުވާން އެދިއްޖެ

March 4, 2023
2 ފަހަރު ބަލާފައި
އަނެއްކާ ވެސް އެޗްޑީސީގެ ނަމުގައި ލިންކްތައް ފޮނުވާތީ ސަމާލުވާން އެދިއްޖެ
އަނެއްކާ ވެސް އެޗްޑީސީގެ ނަމުގައި ލިންކްތައް ފޮނުވާތީ ސަމާލުވާން އެދިއްޖެ
ޕިޝިން ލިންކްތައް ފޮނުވައި، އެ ލިންކްތަކުގެ ތެރެއިން މީހުންގެ އީމެއިލް ބްރީޗްކުރުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އަނެއްކާ ވެސް އެފަދަ ލިންކްތަކެއް ފޮނުވާތީ އެކޯޕަރޭޝަނުން އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފި އެވެ. އެޗްޑީސީން ބުނީ ލިންކްތައް އެކުލެވޭ ސައްހަ ނޫން މެސެޖްތަކެއް އާއްމުންނަށް ލިބެމުން ދާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ، އެޗްޑީސީން އެފަދަ މެސެޖްތަކެއް ނުފޮނުވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. ލިންކްތައް ފޮނުވައިގެން މީހުންގެ އިންޓަނެޓްގެ ސެކިއުރިޓީ ބްރީޗްކޮށް، އެކައުންޓްތަކުން ވައްކަން ކުރާތީ ފުލުހުން ވެސް އަންނަނީ އާއްމުން ހޭލުންތެރިކުރަން އެކިއެކި މަސަައްކަތްތައް ކުރަމުންނެވެ. އެފަދަ ޖަރީމާތައް ހިންގާ މީހުންގެ މަސައްކަތް ކާމިޔާބުވަނީ ކޮންކަހަލަ ގޯސްތަކެއް ހެދިގެން ކަން ތަފްސީލުކޮށްދީފައިވާ ލިއުމެއް ފުލުހުންގެ ވެބްސައިޓްގައި ދާދި ފަހުން ޖެހި އެވެ. އެ ލިއުމުގައި ބުނި ގޮތުގައި އިންޓަނެޓް ބޭންކިން ކްރެޑެންޝަލްސް ކޮމްޕްރޮމައިޒް ވެފައި ހުންނަ ގޮތްތައް، އެ ބާވަތުގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ވަނީ ފާހަގަ ކުރެވި ފަ އެވެ. އެފަދަ އެއް ކަމަކީ ފުލުހުން ބުނި ގޮތުގައި، އިތުބާރު ކުރެވޭ އެކިއެކި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ނަމުގައި އުފައްދާފައި ހުންނަ "ޕިޝިން ލިންކްތަކަށް މީހުން ވަނުމެވެ. "…މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ. ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެއެވެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދެއެވެ،" ފުލުހުންގެ ލިއުމައި ވެ އެވެ. ފުލުހުންގެ ލިއުމުގައި ބުނި ގޮތުގައި ކުށްކުރާ މީހުން ފޮނުވާ ލިންކްތައް ހުންނަނީ އެ ލިންކް ނިސްބަތްކުރާ މުއައްސަސާގެ ލިންކެއް ކަމަށް މީހުންނަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފަ އެވެ. އެ ލިންކްތަކަކީ ސައްހަ ލިންކްތަކެއް ނޫންކަން ދެނެގަންނާނެ ގޮތް މީހުންނަށް ނޭނގޭ ކަމަށާއި އެހެންވެ އިތުބާރުކޮށް، ލޮގިން އަށް ބޭނުންކުރާ މައުލޫމާތު ދެވޭ ގޮތް ވާކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ