މާލެ: 31°C

އަނެއްކާ ވެސް އިތުރު ހައްޖާޖީ އެއް ނިޔާވެއްޖެ

އަނެއްކާ ވެސް އިތުރު ހައްޖާޖީ އެއް ނިޔާވެއްޖެ
July 2, 2023
2 ފަހަރު ބަލާފައި
އަނެއްކާ ވެސް އިތުރު ހައްޖާޖީ އެއް ނިޔާވެއްޖެ
އަނެއްކާ ވެސް އިތުރު ދިވެހި ހައްޖާޖީ އެއް ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ނިޔާވެފައި ވަނީ، ނ.ހޮޅުދޫ އުދަރެސް ޤާސިމް އިބްރާހީމް (ޤާސިމްބެ) ނަމަކަށް ކިޔާ މީހެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ގާސިމްބެ ނިޔާވެފައިވަނީ، ހައްޖަށް ގޮސް އުޅެނިކޮށް ރޭގެ ފަތިހުގެ ވަގުތެއްގައި މައްކާގައި ކުއްލި ގޮތަކަށް ކަމަށެވެ. މިއީ ރާއްޖެ އިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ތިންވަނަ މީހާ އެވެ. މީގެކުރިން ނިޔާވީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި ހައްޖުވެރިޔާ މުހައްމަދު ނަސީމް އަލީ އާއި، ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ޙަސަން އެވެ. އަލީ ހަސަން ނިޔާވީ، މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 އާއި 14 އާ ދޭތެރޭގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ