މާލެ: 31°C

އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުފޮށި ބަހައްޓާ ތަންތަން ކަނޑައަޅައިފި

އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުފޮށި ބަހައްޓާ ތަންތަން ކަނޑައަޅައިފި
May 8, 2023
2 ފަހަރު ބަލާފައި
އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުފޮށި ބަހައްޓާ ތަންތަން ކަނޑައަޅައިފި
އަންނަ މަހު 17 ގައި 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުތައް ކަނޑައަޅާ، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ތ.ގާދިއްފުށީ، ރ.މީދޫ، ގދ.ހޯޑެއްދޫ، ގދ.ވާދޫ، ކ.މާމެންދޫ، ކ.ދިއްފުށި، މ.ވޭވަށު، ފ.ބިލެއްދޫ، ށ.މާއުނގޫދޫ އަދި ހދ.ފިނޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކެވެ. [caption id="attachment_88457" align="aligncenter" width="553"] ބައި-އިލެކްޝަންތަކުގެ ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖައްސާފައިވާ ތަންތަން[/caption] ޤާނޫނު ބުނާގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާ ދެއްވައިފިނަމަ، 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ހުސްވި މަގާމަށް މެމްބަރަކު އަންޔަން ކުރަން ޖެހޭނެއެވެ. އެކި ސަބަބުތަކާހެދި މަގާމު ހުސްވެފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން،  އަހަރަކު އެއްފަހަރު ބޭއްވުމަށް ނިންމީ، ކައިރި ކައިރީގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބު ބާއްވަންޖެހުމުން އެކަމަށް ހިނގާ ހަރަދު ބޮޑުވާތީކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ