
އަނަސް މަރުގެ މައްސަލަ: ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަނީ
އަނަސް މަރުގެ މައްސަލަ: ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަނީ
ލިޔުން:
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތުކުރި މީހުންނަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމަށް ދައުލަތުން ނިންމައިފިއެވެ.
އަނަސް މަރުގެ މައްސަލައިގައި ތުހުމަތުކުރި މީހުންނަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.
މިނިވަންއާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އަނަސް މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ނިންމާފައިވާކަމަށާއި، އެކަމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ.
ކުރިމިނަލް ކޯޓުން އިއްވި ހުކުމާ ގުޅޭގޮތުން މީގެ ކުރިން ދައުލަތުގެ ފަރާތުން ވަނީ އެ ހުކުމާ ގުޅޭގޮތުން ދައުލަތުން ދެކޭގޮތް ބަޔާންކޮށްފައެވެ.
އަނަސް މަރުގެ މައްސަލާގައި ކުރިމިނަލް ކޯޓުގެ ހުކުމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ކުރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ހޯމް މިނިސްޓްރީގެ އެބަޔާނުގައި ބުނެފައިވަނީ، އަަނަސްއަށް ހަމަލާދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށްވެފައި އެހާ ހާމަކަންބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުންވެސް އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އަދަބު ނުލިބިދިއުމަކީ ތަންފީޒީ އިދާރާތަކާއި، އަދުލު އިންސާފް ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނޭ ކަމެއްކަމަށް ދެކޭ ކަމަށެވެ.
އަނަސް މަރުގެ މައްސަލާގައި ކުރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން މި މައްސަލާގައި އިތުރަށް އަޅާނޭ ފިޔަވަޅުތައް ނިންމާނޭކަމުގެ ޔަގީންކަން ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވާފައިވާކަމަށް ދާހިލީ ވުޒާރާއިން ވަނީ ބުނެފައެވެ.
ލިޓަސް ސާވިސް ސެންޓަރުތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
